ހެރީ ކޭން

Jun 14, 2024, 10:21 AM
ހެރީ ކޭން

ނަން: ހެރީ ކޭން

އުފަން ތާރީހް: 28 ޖުލައި 1993 (30 އަހަރު)

ޤައުމު: އިންގްލެންޑް

މަޤާމް: ފޯވަޑް

ކްލަބް: ބަޔާން މިއުނިކް

ޤައުމީ ޓީމަށް ކުޅެން ފެށީ: 2015 ވަނަ އަހަރު

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަކީ ދުނިޔޭގެ އެންމެ މަތީ ލެވެލްގައި ހިމެނޭ ފޯވަޑެކެވެ. ގޯލު ޖެހުމުގެ ހުނަރުގެ އިތުރުން، އޭނާ ފާހަގަކުރެވިފައިވަނީ ލީޑަރެއްގެ ގޮތުގައެވެ. ކޭން އަކީ 2018 ވަނަ އަހަރުން ފެށިގެން އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަނެވެ.

ޓޮޓެންހަމް ހޮޓްސްޕާގެ އެކެޑަމީގައި އުޅުމަށްފަހު، އެ ކްލަބުގެ ސީނިއާ ޓީމަށް ކޭން ކުޅެން ފެށީ 2009 ވަނަ އަހަރެވެ. ލޯނުގެ ގޮތުގައި ބައެއް ކްލަބުތަކަށް ކުޅުމަށްފަހު، ޓޮޓެންހަމްގެ ސީނިއާ ޓީމުގައި ކޭންގެ ރޯލު ބޮޑުވީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ޓޮޓެންހަމްގައި ހޭދަކުރި ފުރަތަމަ ފުލް ސީޒަންގައި، ކޭން ވަނީ ޕީއެފްއޭ އިން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ޓޮޓެންހަމްގެ ކެޕްޓަންކަންވެސް ކުރި ކޭން ވަނީ އެ ޓީމަށް ކުޅުނު 317 މެޗުގައި 213 ލަނޑު ޖަހައިފައެވެ. އެ ކްލަބު ދޫކޮށް ޖަރުމަންގެ ބަޔާން މިއުނިކް އަށް ކޭން 2023 ވަނަ އަހަރު ބަދަލުވީ 110 މިލިއަން ޔޫރޯއަށެވެ. ބަޔާންގައި ކޭން ހޭދަކުރި ފުރަތަމަ ސީޒަންގައި އެ ޓީމަށް ތައްޓެއް ނުލިބުނު ނަމަވެސް، އޭނާ ވަނީ 36 ލަނޑު ޖަހައިފައެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް ކޭން ކުޅެން ފެށީ 2015 ވަނަ އަހަރެވެ. އިންގްލެންޑްގެ ކެޕްޓަންގެ ގޮތުގައި ކޭން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކޭންއެވެ.އަދި އޭގެ ފަހުން 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު، އެ މުބާރާތުގައިވެސް ކޭން މުހިންމު ރޯލެއް އަދާކުރިއެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް 60 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކޭން އަކީ މި ފަހަރުގެ ޔޫރޯގައިވެސް އިންގްލެންޑްގެ ޓީމު ލީޑުކުރާނެ ކުޅުންތެރިޔާއެވެ. ބައިނަލްއަޤްވާމީ ތައްޓަކަށް އިންގްލެންޑް އިން ކުރަމުންދާ ދިގު އިންތިޒާރު ނިންމާލުަމަކީ ކޭންގެ އުންމީދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox