ޓޯނީ ކްރޫސް

Jun 14, 2024, 9:17 AM
ޓޯނީ ކްރޫސް

ނަން: ޓޯނީ ކްރޫސް

އުފަން ތާރީހް: 4 ޖެނުއަރީ 1990 (34 އަހަރު)

ޤައުމު: ޖަރުމަން

މަގާމް: މިޑްފީލްޑަރު

ކްލަބް: ރެއާލް މެޑްރިޑް

ގައުމީ ޓީމަށް ކުޅެން ފެށީ: 2010 ވަނަ އަހަރު

ޖަރުމަންގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަކީ ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. ހުނަރާއި ވިސްނުމުގެ ގޮތުން ތަފާތު ކުޅުންތެރިއެކެވެ.

ކްރޫސްގެ ކެރިއަރު ފެށީ ޖަރުމަންގެ އެންމެ ބޮޑު ކްލަބު ކަމަށްވާ ބަޔާން މިއުނިކް އިންނެވެ. އެ ކްލަބުގެ ސީނިއާ ޓީމަށް އޭނާ 2007 ވަނަ އަހަރު ކުޅެން ފެށީ އުމުރުން 17 އަހަރުގަ އެވެ. ބަޔާންގައި ކްރޫސް ވަނީ ޖަރުމަން ލީގު ތިން ފަހަރު، ޗެމްޕިއަންސް ލީގު އަދި ޖަރުމަން ކަޕް ދެ ފަހަރު ހޯދައިފަ އެވެ.

ބަޔާން ދޫކޮށް ރެއާލަށް ކްރޫސް ،34، ބަދަލުވީ 2014 ވަނަ އަހަރެވެ. ރެއާލްގައި ކްރޫސް ހޭދަކޮށްފައިވަނީ ކާމިޔާބު އަހަރުތަކެކެވެ. އެ ކްލަބުގައި އޭނާ ވަނީ ޖުމްލަ 21 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި ހިމެނެ އެވެ.

ޖަރުމަންގެ ގައުމީ ޓީމަށް 2010 ވަނަ އަހަރު ކްރޫސް ކުޅެންފެށީ އުމުރުން 20 އަހަރުގަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ބައިނަލްއަޤްވާމީ ހަ މުބާރާތެއްގައި ޤައުމު ތަމްސީލުކޮށްފަ އެވެ. ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ކްރޫސް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުގައި އެންމެ ގިނަ އެސިސްޓްކުރި ކުޅުންތެރިއަކީ ކްރޫސް އެވެ. އަދި އެ އަހަރު ޖަރުމަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބުނެވެ.

ޔޫރޯ 2020ގައި ޖަަރުމަންގެ ޓީމު ކެޓުމާ އެކު، ކްރޫސް އަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެކަމަކު އަމިއްލަ ގައުމުގައި އޮންނަ 2024 ވަނަ އަހަރުގެ ޔޫރޯއަށް އެ ނިންމުން ބަދަލުކޮށް، އޭނާ ވަނީ އަލުން ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ.

އެންމެ މަތީ ލެވެލްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު ކްރޫސް ވަނީ ޔޫރޯ 2024 އަށް ފަހު ކުޅުން ހުއްޓާލުމަށް ނިންމައިފައެވެ. އެހެންކަމުން، ކެރިއަރު ފަހު މުބާރާތުގައި ޖަރުމަނަށް ތަށި ހޯދުމަކީ ކްރޫޒްގެ ބޮޑު އަމާޒަކަށްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox