ކީލިއަން އެމްބާޕޭ

Jun 14, 2024, 9:17 AM
ކީލިއަން އެމްބާޕޭ

ނަން: ކީލިއަން އެމްބާޕޭ

އުފަން ތާރީހް: 20 ޑިސެމްބަރ 1998 (25)

ޤައުމު: ފްރާންސް

Advertisement

މަގާމް: ފޯވަޑް

ކްލަބް: ޕީއެސްޖީ

ގައުމީ ޓީމަށް ކުޅެން ފެށީ: 2017 ވަނަ އަހަރު

ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަކީ މި ވަގުތު ފުޓްބޯޅައިގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ޢެވެ. ވަރަށް ހަގު އުމުރެއްގައި ވިދާލައި، އޭނާ ވަނީ ފްރާންސްގެ ޓީމުގެވެސް މުހިންމު ކުޅުންތެރިއަކަށްވެފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް 2017 ވަނަ އަހަރު އެމްބާޕޭ ކުޅެންފެށިއިރު، އޭނާގެ އުމުރަކީ 18 އަހަރެވެ.

ވޯލްޑް ކަޕް 2018 ގައި ލަނޑު ޖަހައި، އެމްބާޕޭ ވަނީ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފްރާންސްގެ އެންމެ ޒުވާން ކުޅުންތެރިޔާ އަަށްވެފަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕް ފްރާންސް އިން ކާމިޔާބުކުރިއިރު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި އެމްބާޕޭ ހިމެނުނެވެ. އެ މުބާރާތުގައި އެމްބާޕޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ ވަނީ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމާއި ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

އެމްބާޕޭ ވަނީ ފްރާންސްއާ އެކު 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ވެސް އެމްބާޕޭ މޮޅު ކުޅުމެއް ދެއްކިއެވެ. ފްރާންސް ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލްގައި އާޖެންޓީނާ އަތުން ފްރާންސް ވަނީ ބަލިވެފަ އެވެ.

އެމްބާޕޭ ވަނީ ޔޫރޯ 2020 ގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެކަމަކު، އެ މުބާރާތުގެ ދެ ވަނަ ބުރުން ފްރާންސް ވަނީ ކަޓައިފަ އެވެ.

ފްރާންސްގެ މޮނާކޯ އިން 2015 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި އެމްބާޕޭ އެ ޓީމާއެކު 2016/2017 ވަނަ އަހަރުގެ ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެއަށްފަހު، 2017 ވަނަ އަހަރު އޭނާ ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޕީއެސްޖީގައި އަހަރުތަކެއް ހޭދަކުރުމަށްފަހު، 2023/2024 ވަނަ އަހަރުގެ ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލަން އެމްބާޕޭ ވަނީ ނިންމައިފަ އެވެ. އެމްބާޕޭ އެ ކްލަބާ ވަކިވާނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެމްބާޕޭ ވަނީ އެ ޓީމަށް ކުޅުނު 308 މެޗުގައި 256 ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox