ބެލްޖިއަމް

Jun 14, 2024, 10:31 AM
ބެލްޖިއަމް

ބެލްޖިއަމް އަކީ މި ފަހަރުގެ މުބާރާތުގެ ހޯސްޓް ޖަރުމަނަށް ފަހު، މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމެވެ. މިއީ، ބެލްޖިއަމް އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ ހަތް ވަނަ ފަހަރެވެ. މިއީ، ބެލްޖިއަމް ފުޓްބޯޅަ ތާރީހުގައި، އެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތިން މުބާރާތެއްގައި ޖެހިޖެހިގެން ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން، ވަނީ 2016 އާއި 2020 ވަނަ އަހަރުގެ މުބާރާތުގައި ވާދަކޮށްފަ އެވެ.

އަމިއްލަ ގައުމުގައި 1972 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިއިރު، ބެލްޖިއަމް އިން ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެންމެ ފަހުން ދެ ފަަހަރު، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް، ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުންނެވެ.

ބެލްޖިއަމްގެ ފުޓްބޯޅައިގައި އޮތް ރަން ޖީލަށް ތަށްޓެއް ނުހޯދައިދެވުމުގެ ޒިންމާ ނަގައި، އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު، ކޯޗު ރޮބާޓޯ މާޓީނޭޒް ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. ޖަރުމަނުގެ ކްލަބްތަކުން ފާހަގަވި ކޯޗު، ޑޮމެނީކޯ ޓެޑެސްކޯ، ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވީ، މިދިޔަ އަހަރުގެ މިދިޔަ އަަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އޭނާ އަށް ކޮންޓްރެކްޓް ދީފައި އޮތީ މި ފަހަރުގެ ޔޫރޯގެ ނިޔަލަށެވެ.

ނަން މަޝްހޫރު ތަރިން ގިނަ ބެލްޖިއަމް ޓީމަކީ، މި ފަހަރުގެ ޔޫރޯ އަށް މެޗަކުން ބަލިނުވެ ކޮލިފައިވި ޓީމެކެވެ. ކޮލިފައިން އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވިއިރު، ބެލްޖިއަމުން ވަނީ 22 ލަނޑު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެެވެ.

މި ފަހަރުގެ ޔޫރޯގައި ބެލްޖިއަމް ލައްވާލީ، ސްލޮވާކިއާ، ރުމޭނިއާ އަދި ޔޫކްެރެއިނާ އެއް ގްރޫޕެއްގަ އެވެ. މިއީ ބެލްޖިއަމަށް އުނދަގޫވާނެ ގްރޫޕެކެވެ. އެކަމަކު، ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ އާއި ފޯވާޑް ރޮމެލޫ ލުކާކޫ ފޯމުގައި ހުރެފިނަމަ އެ ޓީމަށް މާ އުނދަގޫ މެޗުތަކެއް ގްރޫޕް ސްޓޭޖުގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox