ފްރާންސް

Jun 14, 2024, 10:31 AM
ފްރާންސް

ފްރާންސަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތިން ވަނަ އަށް ކޮލިފައިވި ޓީމެވެ. މީގެ ކުރިން 10 ފަަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އިން ކުޅެފައިވާއިރު، އެ ޓީމުން ވަނީ ދެ ފަހަރު ޗެމްޕިއަންކަން ހޯދައި، އެއް ފަހަރު ފައިނަލްގައި ވާދަކޮށް، ބަލިވެފަ އެެވެ.

ފްރާންސުން ޔޫރޯގެ ޗެމްޕިއަންކަން ހޯދީ 1984 އާއި 2000 ވަނަ އަހަރު އެވެ. ފައިނަލުގައި ބަލިވީ، 2016 ވަނަ އަހަރު އަމިއްލަ ގައުމުގަ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ފްރާންސް ކޮލިފައިވީ، ކޮލިގައިން ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި އެއްވެސް މެޗަކުން ބަލިނުވެ އެވެ. ފްރާންސް ހިމެނުނު ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ޔޫރޯ އަށް ކޮލިފައިވި ނެދަލެންޑްސް މުބާރާތުގައި ވެސް އޮތީ ފްރާންސާ އެއް ގްރޫޕެއްގަ އެވެ. ދެން، މި ގްރޫޕްގައި އޮތީ، އޮސްޓްރިއާ އާއި ޕޮލެންޑް އެވެ. ނިސްބަތުން ބަލާއިރު، މިއީ ފްރާންސަށް ފަސޭހަ ގްރޫޕެއް ނޫނެވެ.

Advertisement

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެއް ޓީމަކުން ފެންނާނެ އެންމެ ގިނަ ދުވަސްވީ ކޯޗެވެ. ފްރާންސަށް 2012 ވަނަ އަހަރު ކޯޗުކޮށްދޭން ފެށި ޑެޝޯމްޕްސް، އެ ޓީމު ގޮވައިގެން މި ނުކުންނަނީ، ތިން ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ.

ޑެޝޯމްޕްސްގެ ކޯޗުކަމުގައި ފްރާންސް އިން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރި އެވެ. ޑެޝޯމްޕްސް އަށް އެންމެ ހިތްދަތި އެއް ނަތީޖާ އަކީ، 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯގެ ތަށީ ނުލިބުމެވެ.

ޔޫރޯ އަށް ސްކޮޑު ނެގުމުގައި އެންމެ ގޮންޖެހުން ބޮޑު ޓީމެއްގެ ގޮތުގައި ފެނިގެންދިޔަ، އެއް ޓީމަކީ ފްރާންސް އެވެ. އެކަމަކު، އެ ޓީމުން ވަނީ ތަޖުރިބާ އާއި މޮޅަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިން ހިމެނޭހެން ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ. ފްރާންސްގެ މި ޓީމު ލީޑުކުރުމުގެ ޒިންމާ އޮތީ ޒުވާން ކެޕްޓަން، ކީލިއަން އެމްބާޕޭގެ ބޮލުގައި އެޅިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox