ނެދަލެންޑްސް

Jun 14, 2024, 10:26 AM
ނެދަލެންޑްސް

މިއީ ނެދަލެންޑްސް އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭނެ 11 ވަނަ ފަަހަރެވެ. ނެދަލެންޑްސް އިން އެންމެ ފަހުން ޔޫރޯގައި ވާދަކުރީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ފްރާންސްގައި 2016 ވަނަ އަހަރު އޮތް ޔޫރޯ އަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. މީގެ ކުރިން، ޔޫރޯ ފުޓްބޯޅަ މުބާރާތް 1988 ވަނަ އަހަރު ކާމިޔާބުކުރި ނެދަލެންޑަސް، އެންމެ ފަހުން ބޭއްވި މުބާރާތުން ކެޓީ ގަދަ 16 ބުރުގައި، ޗެކް ރިޕަބްލިކް އަތުންނެވެ.

ނެދަލެންޑްސް އިން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޔޫރޯ އަށް ކޮލިފައިވީ ފްރާންސް އެވެ. މި ފަހަރުގެ ޔޫރޯގައި ވެސް ފްރާންސް ހިމެނެނީ، ނެދަލެންޑްސްއާ އެއް ގްރޫޕެއްގަ އެވެ. ނެދަލެންޑްސް އިން ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. ބަލިވި ދެ މެޗަކީ، ފްރާންސާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

ހަ އަހަރު ތެރޭ ދެ ވަނަ ފަހަރަށް ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްއާ ހަވާލުވީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭނާ އަލުން ނެދަލެންޑްސް އަށް ގެނައީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ނެދަލެންޑްސްގެ ކޯޗުކަމުން ލުއީ ވެން ހާލް ވަކިވެ، ކޯޗިން އިން ރިޓަޔާކުރުމުންނެވެ.

Advertisement

ދެ ވަނަ ފަހަރަށް ނެދަލެންޑްސް ކޯޗުކަމާ ހަވާލުވެ، ކޫމަން އަށް ފުރަތަމަ ކުރަން ޖެހުނީ އުނދަގޫ މަސައްކަތްތަކެއް ކަމުގައި ވިޔަސް މަޑުމަޑުން ޓީމުގެ ހާލަތު ރަނގަޅުކުރި އެވެ. އެ ގޮތުން،އޭނާގެ ސިސްޓަމަށް ކުޅެން ޓީމަށް ބޭނުންވާނެ ރަނގަޅު ކުޅުންތެރިންނަށް ހިމަނައިގެން ގިނަ މެޗުތަކެއްގައި ނަތީޖާ ނެރެ އެ ޓީމު ކޮލިފައިކޮށްދިނެވެ.

ނެދަލެންޑްސް އަކީ އަބަދުވެސް މަޝްހޫރު ތަރިންނާ އެކު މުބާރާތްތަކަށް ނުކުންނަ ޓީމެކެވެ. މި ވަގުތު ނެދަލެންޑްސް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ، ކެޕްޓަން، ވާޖިލް ވެން ޑައިކް އެވެ. ދެން، މެމްފިސް ޑިޕާއި އާއި ކޯޑީ ގަކްޕޯ އަަދި ޓެއުމް ކޫޕްމައިނާސް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox