އިންގްލެންޑް

Jun 14, 2024, 10:27 AM
އިންގްލެންޑް

އިންގްލެންޑަކީ އެންމެ ފަހުން ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކަށް ބަލާއިރު، އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު އެއް ޓީމެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިިނަލުގައި އިންގްލެންޑް ބަލިވީ އަމިއްލަ ގައުމުގައި އިޓަލީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

މިއީ އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ 11 ވަނަ ފަހަރެވެ. އިންގްލެންޑުން މީގެ ކުރިން ވާދަކުރި ފަހަރުތަކުގައި ދެ ފަހަރެއްގެ މަތިން ވަނީ ތިން ވަަނަ ލިބިފަ އެވެ. އެއީ، އިޓަލީގައި 1968 ގައި ބޭއްވި މުބާރާތާއި އަމިއްލަ ގައުމުގައި 1996 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ.

ގަތެރު ސައުތުގޭޓްގެ ކޯޗުކަމުގައި ކުޅޭ އިންގްލެންޑުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އިޓަލީ އާއި ޔޫކްރެއިން ފަހަތަށް ޖައްސާލުމަށް ފަހު، އިންގްލެންޑުން ކޮލިފައިން ގްރޫޕް ނިންމާލީ މެޗަކުން ބަލިނުވެ އެވެ. އަށް މެޗު ކުޅުނުއިރު، ހަ މެޗުން މޮޅުވި އެވެ. އެއްވަރުވީ، ރަށުންބޭރުގައި ނޯތު މެސެޑޯނިއާ އާއި ޔޫކްރެއިނާ ދެކޮޅަށް ކުޅުނު މެޗުތަކުގަ އެވެ.

Advertisement

ކުޅުންތެރިންގެ ފެންވަރާއި މަޝްހޫރު ކަމަށް ބަލާއިރު، އިންގްލެންޑަށް ކާމިޔާބެއް ނުލިބޭތީވެ، އެ ޓީމުގެ ކޯޗު ސައުތުގޭޓަށް އޮންނަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މި ފަަަހަރުގެ ޔޫރޯ އަކީ ސައުތުގޭޓަށް އިންގްލެންޑްގައި ކާމިޔާބު ހޯދަން ލިބޭ ފަހު ފުރުސަތަށް ވުމުގެ ޖާގަ އެބައޮތެވެ.

އިންގްލެންޑް މި ފަހަރުގެ ޔޫރޯގައި ހިމެނޭ ގްރޫޕަށް ބަލާއިރު، އެ ޓީމަށް ނިސްބަތުން ބަލާއިރު ކޮންމެ ޓީމެއް ވެސް ޗެލެންޖް ބޮޑުވާނެ އެވެ. އެ ގޮތުން، ސްލޮވީނިއާ، ސާބިއާ އަދި ޑެންމާކަކީ، ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު، ތަފާތު ދެއްކިދާނެ ފަދަ ޓީމުތަކެކެެވެ.

މި ފަހަރުގެ ޔޫރޯގައި އިންގްލެންޑް ޓީމުން އެންމެ ފާހަގަކޮށްލެވޭނެ ދެ ކުޅުންތެރިންނަކީ، ރެއާލް މެޑްރިޑްގައި ތަފާތު ދަައްކަމުން އަންނަ، ޖޫޑް ބެލިންހަމް އާއި އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox