ސްޕެއިން

Jun 14, 2024, 10:30 AM
ސްޕެއިން

ސްޕެއިނުން ވަނީ މީގެ ކުރިން، 11 ފަަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް، ތިން ފަހަރު މުބާރާތުގެ ތަށި ހޯދައިފަ އެވެ. ޖަރުމަނަށް ފަހު، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި ވާދަކުރާ އެހެން ގައުމުތަކަށް ބަލާއިރު، އެންމެ ގިނަ ފަަހަރު ވާދަކުރި ޓީމަކަށް ދެން އޮތީ ސްޕެއިން އެވެ. މިއީ، ސްޕެއިން ޔޫރޯގައި ފެންނާނެ 12 ވަނަ ފަހަރެވެ.

ޕޯޗުގަލްގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުން ކެޓީ ސްޕެއިން ވަނީ ދެން ޖެހިގެން އައި ދެ ފަހަރު ޔޫރޯ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، 2008 އާއި 2012 ވަނަ އަހަރު އެވެ. އެކަމަކު، ފްރާންސްގައި ބޭއްވި ޔޫރޯގެ ގަދަ 16 އިން ކެޓިއިރު، އެންމެ ފަހުން ބޭއްވި ޔޫރޯގައި ނާކާމިޔާބުވީ ސެމީ ފައިނަލާ ހަމައިންނެވެ.

ސްޕެއިނުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިން ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ސްޕެއިން މޮޅުވި އެވެ. އެ ޓީމު ބަލިވީ، ގްރޫޕްގެ ދެ ވަަނަ ހޯދައިގެން ޔޫރޯ އަށް ކޮލިފައިވި ސްކޮޓްލެންޑް ދަނޑުގައި ކުޅުނު މެޗުންނެވެ.

Advertisement

ލުއިސް އެންރީކޭގެ ކޯޗުކަމުގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނުން ވާދަކުރިއިރު، ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކަށް ފުރުސަތު ނުދޭ މައްސަލައިގައި ގިނަ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ. އުނދަގޫ ހަރުފަތްތަކެއް ގިރާކުރުމަށް ފަހު ވެސް އެންރީކޭ ވަނީ ސްޕެއިން، ސެމީ ފައިނަލާ ހަމައަށް ގެންގޮސްދީފަ އެވެ.

ސްޕެއިނާ މި ވަގުތު ހަވާލުވެ ހުރި ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ، އެ ޓީމުގެ ޒިންމާ ނެގި ފަހުން، އަލުން އެ ޓީމުން އަންނަނީ ކުރީގެ ރަނގަޅު ޓްރެކަށް އެޅެން މަސައްކަތް ކުރަމުންނެވެ. ޑެ ލަ ފުއެންޓޭގެ ޕްލޭނުގައި އެންމެ އިސް ޒިންމާއެއް ދީފައި އޮތް ކުޅުންތެރިއަކީ، ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. ނިސްބަތުން ބަލާއިރު، ސްޕެއިން އޮތީ މަރުގެ ގްރޫޕްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، އިޓަލީ އާއި ކްރޮއޭޝިއާ އަދި އަލްބޭނިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox