އުރީދޫ މޯލްޑިވްސްގެ ފުޓްބޯލް ފޯރި ކެމްޕެއިންގެ ދަށުން ސޮނީ ލިވް މެދުވެރިކޮށް ޔޫރޯ 2024 ގެ ހުރިހާ މެޗު ބެލޭ އޮފާއެއް ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ މި އޮފާގެ ދަށުން ސޮނީ ލިވްގެ މެންބަޝިޕާއި 100 ޖީބީ ހިލޭ ޑޭޓާ 250ރ. އަށް 30 ދުވަހުގެ ވެލިޑިޓީއަކާ އެކު ލިބޭނެ ކަމަށެވެ.
މި ޕެކްތަކާއެކު ކަސްޓަމަރުންނަށް ސޮނީ ލިވް މެދުވެރިކޮށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވޭނެ ކަމަށާއި އޮފާގެ ސަބަބުން ސަޕޯޓަރުން ގޭގައި އުޅުނަސް އަދި މަގުމަތީގައި އުޅުނަސް މެޗުތައް އުނދަގުލެއް ނެތި ބަލާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
މީގެ އިތުރުން އުރީދޫއިން ބުނީ ޔޫރޯ ބެލުމަށް ސޮނީލިވް އެކި އެޑް-އޮންތަކަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
"އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އުރީދޫގެ ފުޓްބޯޅަ ފޯރީގެ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ތަފާތު އުފާވެރި ހަރަކާތްތައް ގެނެސްދޭނެ،" އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް އުރީދޫގެ ފުޓުބޯޅަ ފޯރީގައި ބައިވެރިވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
މީގެ އިތުރުން މި ރީތި ކުޅިވަރުގެ ރޫހު ފާހަގަކުރަމުންދާއިރު، ފުޓުބޯޅަ ފޯރީގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާ ކަމަށް އުރީދޫއިން ބުންޏެވެ.










