އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަޟްހާ އީދާއި ދިމާކޮށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ.
އުރީދޫއިން ބުނީ މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ.
އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނެ ކަމަށް އުރީދޫއިން ބުނެ އެވެ.
"ބޯނަސް ޑޭޓާ އޮފާ ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350ރ. އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 ޕަސަންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ،" އުރީދޫއިން ބުންޏެވެ.

މީގެ އިތުރުން އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އިތުރު 1 ޖީބީ ހިލޭ ލިބިގެންދާނެ ކަމަށާއި ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލެވޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ އެކްޓިވޭޓް އެންޑް ވިން ޕްރީޕެއެޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500ރ. އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ ކަމަށާއި ނަސީބުވެރިން ހޮވޭނީ ގުރުއަތުން ކަމަށެވެ.
އުރީދޫއިން ބޮޑު އީދަށް ނެރުނު އޮފާތައް:
- 100ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100ރ. އަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު.
- 100ޖީބީ + 50ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150ރ. އަށް، ފަސް ދުވަހުގެ ވެލިޑިޓީއަކާއެކު.
އުރީދޫއިން އީދާ ދިމާކޮށް މިފަދަ އޮފާތައް އަބަދުވެސް އަންނަނީ ތައާރަފްކުރަމުންނެވެ. އަދި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.











