ގްރީން ސްޓްރީޓްސް އިން ފަހަތުން އަރައި ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފި

Jun 13, 2024, 2:49 PM
ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު

ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލަނޑެއް ޖަހާފައި ވަނިކޮށް ކްލަބް ގްރީން ސްޓްރީޓްސް އިން ފަހަތުން އަރައި 4-1 އިން މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީން ލީޑުނެގީ ހަ ވަނަ މިނިޓްގައި، ތޯއިފް އަބްދުލް މަޖީދު ޖެހި ގޯލުންނެވެ. އޭރިއާބޭރުން ތޯއިފް ޖެހި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު، މޫސާ ރަޝީދު އަތްދަށުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ގްރީން ސްޓްރީޓްސް އިން އެއްވަރުކުރީ ކޯނަރަކުން، އެ ޓީމުގެ، އަހުޒަމް ރަޝީދު ޖެހި ގޯލުންނެވެ. އެ ބޯޅަ ގޯލަށް ވަންއިރު، ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އިބްރާހިމް އާއިޝް ޝަރީފަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މިއަދުގެ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ފައިޒާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / ނައުޝަމް ވަހީދު

ގްރީން ސްޓްރީޓްސް އިން ވަނީ ދެ ވަނަ ހާފު ފަށައިގެން، ނުވަ ވަނަ މިނިޓްގައި އަބްދުﷲ އަނޫސް ޖެހި ލަނޑުން ލީޑުނަަގައިފަ އެވެ. އަނޫސްގެ މި ލަނޑަކީ އިންޑިވިޖުއަލީ މޮޅު ގޯލެކެވެ. އޭރިއާތެރެއިން އޭނާ ބޯޅަ ގޯލަށް ފޮނުވާލީ ހަމަޖެހިލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން، ޝަނާން ރަޝާދު އެޓޭކްތަކެއް ކުރެވޭތޯ ބެލިނަމަވެސް، އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި، ގްރީން ސްޓްރީޓްސް އިން މެޗުން މޮޅުވި އެވެ.

އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު ޖެހީ، މުހައްމަދު ފައިޒާން ފަޒީން އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ފައިޒާން ވަނީ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ފައިޒާން ދިން ބޯޅައަކުން، އަހުޒަމް ވަނީ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ ކްލަބް އީގަލްސްއާ އެވެ. އީގަލްސް އިން ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ބަލިކުރި އެވެ. މާޒިޔާ ވަނީ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސްއާ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox