ޖޭއެސްސީގެ ޖަލްސާތަކުގައި ބައިވެރިނުވީ އޭރު މަޖިލީހުގެ ރުހުން ނުލިބޭތީ: އެޓާނީ ޖެނެރަލް އުޝާމް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ޖޭއެސްސީ ޖަލްސާތަކުގައި ބައިވެރިނުވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ޖޭއެސްސީ ޖަލްސާތަކުގައި ބައިވެރިނުވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޖަލްސާތަކުގެ ހާޒިރީ ދަށްކޮށް އޮތީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ނެތް ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން އެ ކޮމިޝަނުގެ މަސައްކަތްތަކުގައި ބައިވެރިވާން ބޭނުން ނުވާތީ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ބަންޑާރަ ނައިބު އެ ކޮމިޝަނުގައި އިންނަވަން ޖެހެ އެވެ. އަދި ކޮމިޝަނުގެ ނިންމުންތައް ނިންމުމަށް ބާއްވާ މެންބަރުންގެ ޖަލްސާތަކުގައި ބައިވެރިވުމަކީ ވެސް ބަންޑާރަ ނައިބުގެ ގާނޫނީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން އެ ސުވާލު ކުރުމުން އުޝާމް ވިދާޅުވީ އެ ޖަލްސާތަކުގައި އޭރު ބައިވެރިނުވި ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ނެތް ވަޒީރަކަށް ވާތީ ކަމަށެވެ.

"ޖޭއެސްސީގެ ޖަލްސާތަކަށް ފަހުން އަޅުގަނޑު ނުދާން ފެށި ސަަބަބަކީ އަޅުގަނޑުގެ ރުހުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅިފައި ނެތުމުން، އަޅުގަނޑު ދެވަނަ ފަހަރަށް ރައީސް އެޕޮއިންޓް ކުރެއްވީމައި ރުހުމުގެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމީމައި އޮތުމުން ޖޭއެސްސީގެ ޖަލްސާތަކަށް ނުދަން،" އުޝާމް ވިދާޅުވި އެވެ.

ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ބާ ކައުންސިލްގައި ވެސް އިންނަވަން ޖެހޭ ކަން ފާހަގަ ކުރައްވައި އުޝާމް ވިދާޅުވީ އެ ކައުންސިލްގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ވެސް އޭނާ ބައިވެރިނުވާ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޭއެސްސީން ބޭއްވި ޖަލްސާތަކުގެ ތެރެއިން އުޝާމް ހާޒިރުވެވަޑައިގަތީ އެންމެ ތިން ޖަލްސާއަކަށެވެ. ކޮމިޝަނުގެ 15 ޖަލްސާއަކަށް އޭނާ ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

މީގެ ކުރީގައި ޖޭއެސްސީގައި އެޓާނީ ޖެނެރަލް ހިމެނޭހެން ސިޔާސީ ބޭފުޅުން ކޮމިޝަނުގައި ތިބުމާ ދެކޮޅަށް ވަކާލާތުކުރެއްވި ގާނޫނީ ތަޖުރިބާކާރުންގެ ތެރޭގައި އުޝާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް މި ވަގުތަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ޒިންމާ އާދަކުރައްވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުޝާމް މިއަދު ވިދާޅުވި އެވެ.

"މިހާރު ގާނޫނު އަސާސީ އޮތް ގޮތުން ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނަވަން ޖެހޭ، އެހެންވީމާ ޖޭއެސްސީގެ ޖަލްސާތަކަށް އަޅުގަނޑު ހާޒިރުވާން ޖެހޭނެ ކަމަށް ގަބޫލު ކުރަން، އެއީ އަޅުގަނޑުގެ ގާނޫނީ މަސްއޫލިއްޔަތެއް،" ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރަކަށް ހުންނެވުމަށް ފަހު، ބަންޑާރަ ނައިބުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އުޝާމް ވިދާޅުވި އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ. އެ އެކުލެވުން ހިމެނޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ ޖުމުލަ އެއް ބިލު ހުށަހެޅުން ވެސް ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނެ އެވެ. އެ ބަދަލުތައް ހިމަނައި ބިލު ފަރުމާކުރާނީ މަޝްވަރާއާއި ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދުމަށް ފަހު ކަމަށް ވެސް އުޝާމް މިއަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox