ސަލާހު ދަނޑުން ފައިބަން ދެކޮޅުހެދި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Jun 13, 2024, 5:37 AM
ސަލާހު ދަނޑުން ފައިބަން ދެކޮޅުހެދި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ގާހިރާ، މިސްރު (ޖޫން 13) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ދާދި ފަހުން މިސްރުން ކުޅުނު މެޗެއްގައި އެ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު ދަނޑުން ފައިބަން ދެކޮޅު ހެދި ކަމަށް މީޑިއާގައި ދެކެވުނު ވާހަކަ މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދޮގުކޮށްފި އެވެ.

ސަލާހު، 31، ވަނީ ދާދި ފަހުން މިސްރުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިން ދެ މެޗުގައި، ބުރްކީނާ ފާސޯ އާއި ގިނީ ބިސާއުއާ ދެކޮޅަށް ކުޅެފަ އެވެ. މީގެ ތެރެއިން ގިނީ ބިސާއުއާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހު ލަނޑު ވެސް ޖެހި އެވެ.

އެކަމަކު، ސަލާހުގެ ވާހަކަތައް މީޑިއާގައި ދެކެވުނީ، ގިނީ ބިސާއު މެޗު 1-1 އިން އެއްވަރުވިއިރު، މެޗުގެ ފަހު ކޮޅުގައި ސަލާހު ބަދަލުކުރަން އުޅުމުން އޭނާ ދަނޑުން ފައިބަން ދެކޮޅު ހެދި ކަމަށް ބުނެ އެވެ. އެ ވާހަކަތައް މީޑިއާގައި ދެކެވުނުއިރު، މިސްރު ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ސަލާހު ދަނޑުން ފައިބަން ދެކޮޅު ހެދި ކަމަށް ބުނެ ތި ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އެންމެ ފުރަތަމަ ކަމަކަށް ސަލާހު ބަދަލުކުރަން އުޅުނު ވަގުތެއް ވެސް ނޫން އެއީ. ނާސިރު މާހީރު ކުޅެން އަރުވަން ނިންމީ، ހޮސާމް ހަސަންގެ ބަދަލުގައި،" މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައިވެ އެވެ.

މިސްރުގެ މީޑިއާ އާއި ސަލާހުގެ ގުޅުން ގޯސްވެފައިވަނީ މި އަހަރުގެ ކުރީކޮޅު ކުރިއަށްދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތެރޭގަ އެވެ. އެ ގޮތުން، ސަލާހު އަށް ލިބުނު އަނިޔާއަކާ ގުޅިގެން، މުބާރާތުގެ މެދުތެެރެއިން ޓީމުގެ ކޭމްޕް ދޫކޮށް، އޭނާ ލިވަޕޫލަށް އައުމުން، މިސްރުގެ މީޑިއާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންގްލެންޑް އަތުން މޮޅުވެ ސްޕެއިނުން ފެންވަރުދައްކާލައިފި

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ލީޑުނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށް ސްޕެއިނުން އެ ގައުމުގެ ފެންވަރު ދައްކާލައިފި. މި މޮޅާއެކު ސްޕެއިނުން ބަލިނުވެ ހަދާފައިވާ ރެކޯޑް 39 މެޗަށް އިތުރުކޮށްފައިވާއިރު، އިންގްލެންޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ނުކުރެވި މެޗުން ވަނީ ބަލިވެފައި

އިންޑިއާ އިން ދެއްކި ޖެހިލުންކުޑަ ކުޅުމަށް ކޯޗުގެ ތައުރީފު

ފީފާ ރޭންކިންގެ 44 ވަނައިގައި އޮތް ޕެނަމާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުކޮށް، އިންޑިއާގެ ގައުމީ ޓީމުން ތާރީޚީ ނަތީޖާއެއް ހޯދައިފި. މި މެޗުގައި އިންޑިއާގެ ކުޅުންތެރިން ދެއްކި ޖެހިލުންކުޑަ ކުޅުމަށް ކޯޗު ހާލިދު ޖާމިލް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިންޑިއާ އިން ދެން އެންމެ އަވަހަށް ބައްދަލުކުރާނީ ވަރުގަދަ ބްރެޒިލް އަދި އުރުގުއޭއާ

އޭއެފްސީން ރާއްޖޭ އަށް އޮތް ފަންޑިން ސަސްޕެންޝަން އުވާލައިފި

އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުން އޭއެފްސީން ރާއްޖެއަށް ދީފައިވާ ފަންޑިން ސަސްޕެންޝަން އުވާލައި، ދައްކަންޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާފުކޮށްދީފި. މި ލުއިތަކާއެކު 2027 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ބަޖެޓް ސަޕޯޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބިގެންދާނެ

ޕާމާ އަށް އިންގްލެންޑަށް ނުކުޅެވެނީ ގިނަ ފުރުސަތުތަކެއް ގެއްލޭތީ

ޗެލްސީގެ ކޯލް ޕާމާ އަށް އިންގްލެންޑް ގައުމީ ޓީމުން ގިނަ ފުރުސަތުތަކެއް ގެއްލެނީ ފިޓްނަސް މައްސަލަތަކާ ހުރެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. މިފަހަރުގެ ނޭޝަންސް ލީގު ސްކޮޑުން ޕާމާ ވަކިވީ އަނިޔާގެ މައްސަލަތަކެއް ހުރުމުން، ކްލަބުގެ އެހީތެރިކަމާއެކު ހާއްސަ ފިޓްނަސް ޕްލޭނެއް ފުރިހަމަކުރުމަށެވެ.

މެންޗެސްޓާ ސިޓީގެ ތަށިތައް އަތުލަން ގޮވާލާ އަޑުތައް ގަދަވަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވުމާ ގުޅިގެން، އެ ކްލަބުން ހޯދާފައިވާ ތަށިތައް އަތުލުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައި. މި މައްސަލައިގައި ސިޓީއަށް ދެވޭނެ އަދަބުތަކުގެ ތެރޭގައި ޕޮއިންޓް އުނިކުރުމާއި، ލީގުން ވަކިކުރުން ނުވަތަ ކާމިޔާބުކުރި ތަށިތައް އަތުލުން ހިމެނޭ

މާޒީގެ ވާހަކަ ދައްކައިގެން އިޓަލީ އަށް ފައިދާއެއް ނެތް: މަންޗިނީ

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވި މަންޗިނީ ބުނީ، މާޒީގައި ވޯލްޑް ކަޕަށް ކޮލިފައިނުވުން ފަދަ ކަންކަމާ މެދު ވާހަކަދެއްކުމުގެ ބަދަލުގައި މުސްތަގުބަލަށް ވިސްނައިގެން މަސައްކަތްކުރުން މުހިންމު ކަމަށް. އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް އަތުން އިޓަލީ ބަލިވި މެޗަށް ފަހު، ޓީމުގެ މާޔޫސްކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން

ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހި ވަގުތު އެމްބާޕޭ އަށް އަނިޔާއެއް

ޒިނެދިން ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ އަތުން 1-0 އިން މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކީލިއަން އެމްބާޕޭގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާގެ ސަބަބުން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ދެން އޮތް ތިން މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ކޯޗު ޒިދާން ވަނީ ކަށަވަރުކޮށްދީފައެވެ.

Newsletter

Get the latest news delivered straight to your inbox