އެމެރިކާ ބަލިކޮށް އިންޑިއާ ސުޕަ އެއިޓްސް އަށް

Jun 13, 2024, 3:47 AM
އެމެރިކާ ބަލިކޮށް އިންޑިއާ ސުޕަ އެއިޓްސް އަށް

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 13) - މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ހަތް ވިކެޓުން އެމެރިކާ ބަލިކޮށް އިންޑިއާ އިން ސުޕަ އެއިޓްސް އިން ޖާގަ ހޯދައިފި އެވެ.

އިންޑިއާގެ އިތުރުން ދެން ސުޕަ އެއިޓްސް އިން ފުރުސަތު ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ އޮސްޓްރޭލިއާ އެވެ. އެކަމަކު، އޮސްޓްރޭލިއާ އަށް އަދި ގްރޫޕްގައި ބާކީ އެއް މެޗު އެބައޮތެވެ. އެއީ އެ ގްރޫޕްގައި ފަސް ޓީމު އޮތުމުންނެވެ.

އިންޑިއާ އިން ފުރަތަަމަ ބުރުގައި ގްރޫޕް ސްޓޭޖު ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. އިންޑިއާ އިން ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން، އަޔަލެންޑާއި ޕާކިސްތާން އަދި އެމެރިކާ ބަލިކޮށްފަ އެވެ.

ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ހޮވާށެވެ. އެމެރިކާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. އެމެރިކާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ނިތިޝް ކުމާރް އެވެ. އޭނާ ވަނީ، 23 ބޯޅައިން 27 ލަނޑު ހަދައިފަ އެވެ.

މި އިނިންސްގައި އިންޑިއާގެ އަރްޝްދީޕް ސިންގް ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.

އިންޑިއާ މޮޅުވީ ޖަވާބުގައި ކުޅެން އަރައި، 18.2 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވިއިރު، 111 ލަނޑު ހަަދައިގެންނެވެ. އިންޑިއާގެ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އަރައި، ކެޕްޓަން ރޯހިތު ޝަރްމާ އާއި ވިރާތު ކޯލީ އަށް ކަމެއް ނުކުރެވުނެވެ. ރޯހިތު ތިން ލަނޑަށް ނުބައިވިއިރު، ވިރާތު ވަނީ ފުރަތަމަ ބޯޅައިން ނުބައިވެފަ އެވެ.

އިންޑިއާ މޮޅުކޮށްދިނުމުގައި އެންމެ ހިއްސާ ބޮޑީ ސޫރްޔަކުމާރް ޔާދަވް އެެވެ. އޭނާ ވަނީ ނުބައިނުވެ، 49 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ. ޒުވާން ކުޅުންތެރިޔާ، ޝިވަމް ދޫބޭ ވަނީ ނުބައިނުވެ، 35 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ. ދެން، އިންޑިއާ އިން މި މެޗުގައި ކުޅެން އެރި ރިޝަބް ޕާންޓް ވަނީ 20 ބޯޅައިން 18 ލަނޑު ހަދައިފަ އެވެ.

އިންޑިއާ ސުޕަ އެއިޓްސް އަށް ދަތުރުކޮށްފައިވާއިރު، މި ބުރުގައި ވެސް ކުރިއަށްދާނީ ހަތަރު ޓީމު ޓީމުގެ ދެ ގްރޫޕްގެ މެދުގަ އެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox