ސަސް އިން މޮޅުވާން ދަނިކޮށް އޮޑި ސަލާމަތްކޮށްދިނީ ޖައު

އޮޑި ސްޕޯޓްސް ކްލަބަށް މިއަދުގެ މެޗުގައި ގޯލު ޖަހައިިދިން ޖައު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ސުއާދު އަބްދުއްސައްތާރު (ޝޫ)

އޮޑި ސްޕޯޓްސް ކްލަބަށް މިއަދުގެ މެޗުގައި ގޯލު ޖަހައިިދިން ޖައު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ސުއާދު އަބްދުއްސައްތާރު (ޝޫ)

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަަދު ހަވީރު ކުޅުނު މެޗުގައި، ފަހު ވަގުތު އަހުމަދު ޖައުޝަން އަބްދުالله (ޖައު) ކާމިޔާބު ކޮށްދިން ގޯލުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވިޔަ ނުދީ އޮޑި ސްޕޯޓްސް ކުލަބުން ހިފަހައްޓައިފި އެވެ.

އޮޑިން ފަހުކޮޅުގައި ޖެހި ގޯލާ އެކު، ސަސްއާ ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި ސަސް އިން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ވަނީ ކުރިހޯދައިފަ އެވެ. އަދި އޮޑިން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް އަތުން ވަނީ ބަލިވެފަ އެވެ. އެހެންވެ މި މެޗަށް ނުކުތްއިރު, އޮޑި އަށް މި މެޗުން ނަތީޖާއެއް ނެރުން ވަނީ މަޖުބޫރުވެފަ އެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް, މެޗުގެ ވަކި ހިސާބަކުން ސަސް އިން ވަނީ އެ ޓީމުގެ އެޓޭކުތައް ވަރުގަދަކޮށް އޮޑީގެ ހާފަށް ބާރުބޮޑު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސް އަށް ލީޑު ނަގާދިނީ މުހައްމަދު އިޒާން އަލީ ކާމިޔާބުކުރި ގޯލުންނެވެ.

ސަސްގެ އިޒާން އަތުން އޮޑިގެ އައިހަމް ބޯޅަ ހޯދަނީ.--- ފޮޓޯ: އިމޭޖަސް،.އެމްވީ / ސުއާދު އަބްދުއްސައްތާރު (ޝޫ)

ދެވަނަ ހާފު ފަށައިގެންވެސް ސަސް އިން ވަނީ ފުރަތަމަ ހާފު ނިންމާލި ފޯމު ހިފަހައްޓައި އޮޑީގެ ފަހަތަށް ބާރުބޮޑު ކޮށްފަ އެވެ. އެކަމަކު، މެޗުގެ ފަހު ކޮޅު އޮޑިން ކުޅުން ރަނގަޅުކޮށް ވަނީ ސަސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

އެ ގޮތުން މެޗުގެ 76 ވަނަ މިނެޓުގައި އޮޑީގެ ކެޕްޓަން ޔޫސުފް ޝާއިފް ފޮނުވާލި ހިލޭ ޖެހުން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޮޑީގެ ޖައު އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 83 ވަނަ މިނެޓުގައި އޮޑި އަށް އެއްވަރުކޮށްދިނީ ޖައު ކާމިޔާބުކުރި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން މުޅިން ހުހަށް ހުރެ ޖައު ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ދެ މިނެޓު ފަހުން އޮޑި އަށް ލީޑު ނަގާދޭން މުހައްމަދު އައްލާމް އިބްރާހީމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެ އެވެ. މިރޭ ކުޅޭނީ، ގްރޫޕް އޭގެ ޓީސީ ސްޕޯޓްސް ކުލަބް އާއި ބުރު ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗެވެ. މި މެޗުން މޮޅުވެ، ޓީސީ އަށް ސެމީން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox