ޓެން ހާގް މަގާމުގައި ބަހައްޓަން ޔުނައިޓެޑުން ނިންމައިފި

Jun 12, 2024, 3:56 AM
ޓެން ހާގް މަގާމުގައި ބަހައްޓަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ (ޖޫން 12) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި އެރިކް ޓެން ހާގް ބަހައްޓަން އެ ކްލަބުން ނިންމައިފި އެވެ.

ޔުނައިޓެޑުން މި ގޮތަށް ނިންމާފައިވަނީ، އެ ކްލަބްގެ ފުޓްބޯޅައިގެ ކަންކަމުގެ ޒިންމާއާ ހަވާލުވި އިނިއޯސް ކުންފުނިން ކުރިއަށްގެންދިޔަ ރިވިއު ނިންމާލުމަށް ފަހު އެވެ. އެ ގޮތުން، ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ޓެން ހާގް، 54، ގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ފެށުމަށެވެ.

މީގެ ދެ އަހަރު ކުރިން، އަޔަކްސް ދޫކޮށް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ޓެން ހާގް، މި ވަގުތު ހުރި ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިިޔަލަށް ހަމަވާނެ އެވެ. އެ އެއްބަސްވުމުގައި ހިމަނާފައިވާ ގޮތުން، ޔުނައިޓެޑުން ޓެން ހާގާ އެކު އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން މަޝްވަރާ ކުރެވޭނެ އެވެ.

އެކަމަކު، ރިޕޯޓްތައް ބުނާގޮތުގައި ޓެން ހާގްއާ އެކު ޔުނައިޓެޑުން ކުރިއަށްގެންދަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއްގެ މަޝްވަރާ އެވެ.

ބަޔާން މިއުނިކްގައި ވެސް ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރި ޓެން ހާގް ވަނީ ޔުނައިޓެޑާ އެކު މަސައްކަތްކުރި ދެ ސީޒަނުގައި ވެސް ތަށި ހޯދައިފަ އެވެ. ފުރަތަމަ ސީޒަނުގައި ލީގު ކަޕް ހޯދިއިރު، ދެ ވަނަ ސީޒަން ނިންމާލީ އެފްއޭ ކަޕްގެ ތަށްޓާ އެކު އެވެ.

ޓެން ހާގް، މަގާމުން ވަކިކުރުމުގެ ވާހަކަތައް ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގައި ނަތީޖާ ނުނެރެވޭތީ އެވެ. ޔުނައިޓެޑުން މިދިޔަ ސީޒަނުގައި ލީގު ނިންމާލީ އަށް ވަނައިގައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox