އެވަޓަން ގަންނަން ސައުދީގެ ޝާހީ އާއިލާގެ މެމްބަރެއް ހިމެނޭ މަހުޖަނުންގެ ގުރޫޕުން 400 މިލިއަން ޕައުންޑްގެ ބިޑެއް

Jun 11, 2024, 6:15 PM
އެވަޓަން ގަންނަން ސައުދީގެ ޝާހީ އާއިލާގެ މެމްބަރެއް ހިމެނޭ މަހުޖަނުންގެ ގުރޫޕުން 400 މިލިއަން ޕައުންޑްގެ ބިޑެއް

ލިވަޕޫލް (ޖޫން 11) - އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން ގަންނަން ޝައުގުވެރިވާ މަހުޖަނުންގެ ގުރޫޕުން 400 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅައިފި އެވެ.

މި ގުރޫޕްގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މެމްބަރެއްވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އެވަޓަންގެ މައި ހިއްސާދާރު ކަމަށްވާ، އީރާނުގެ ފަރުހާދު މޮޝީރީ ވަނީ އެ ކްލަބުގެ ހިއްސާ ކުންފުންޏަކަށް ވިއްކާލަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެއްބަސްވެފަ އެވެ. އެކަމަކު، އެ ކުންފުންޏަށް އެ ޑީލް ނިންމާލެވޭ ގޮތެއްނުވި އެވެ. އެހެންކަމުން، އެވަޓަން ގަންނަން ޝައުގުވެރިވާ އެހެން ފަރާތްތަކަށް އެ ދޮރު އޮތީ ހުޅުވިފަ އެވެ.

Advertisement

އެވަޓަން ގަންނަ 400 މިލިއަން ޕައުންޑްގެ ބިޑެއްކޮށްފައިވާ ގުރޫޕްގައި އިސްކޮށް ހަރަކާތްތެރިވަނީ ލަންޑަންގައި މަސައްކަތްކުރާ ވިޔަފާރިވެރިޔާ އަދި ގާނޫނީ ވަކީލެއް ކަމަށްވާ ވަޗޭ މަނޯކިއަން އެވެ. އޭނައާ އެކު ބިޑްގައި އެމެރިކާގެ މުއްސަނދި އާއިލާތަކެއް އަދި ސައުދީގެ ޝާހީ އާއިލާއެއް މެމްބަރެއް ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. އެކަމަކު، އެއީ ސައުދީގެ ޝާހީ އާއިލާގެ ކޮން މެމްބަރެއް ކަމެއް ނޭނގެއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މި ގުރޫޕުން ހުށަހަޅާފައިވަނީ އެވަޓަންގެ ދަރަނި އިތުރަށް ބޮޑުނުކޮށް، ކްލަބުގެ ކޮންޓުރޯލް ނެގުމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި، ދިގު ރާސްތާ ޕްލޭންތަކާއެކު ކްލަބުގެ ހިންގުން ހަރުދަނާ ކުރުމެވެ.

މި ގުރޫޕުން ގަބޫލްކުރާ ގޮތުގައި އެވަޓަންއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތަކުގެ ތެރޭގައި ހިމެނެންޖެހޭ ކްލަބެކެވެ

މީގެ އިތުރުން ދެ ވިޔަފާރިވެރިން ކަމަށްވާ އޭންޑީ ބެލް އަދި ޖޯޖް ޑައުނިން އަދި އެމްއެސްޕީ ސްޕޯޓްސް ކެޕިޓަލް އިންވެސް އެވަޓަން ގަންނަ ޝައުގުވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox