ރާއްޖޭގެ ސާފަރުން އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ އުންމީދު އެބައޮތް

ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަދަދު

ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަދަދު

އަންނަ އޮގަސްޓް މަހު، ކ. ތުލުސްދޫގައި ބާއްވަން ނިންމާފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓަކަށްވެފައިވާއިރު، މި ފަހަރުގެ މުބާރާތުގެ ތެރެއިން އޭޝިއަން ގޭމްސް އަށް ދިވެހި އެތުލީޓަކު ކޮލިފައިވުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ތުލުސްދޫގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކަމާ އެކު ނިންމާލިއިރު، މި ފަހަރު އެ މުބާރާތް ހޯސްޓްކުރަން ރާއްޖެ އަށް ދިނީ ބޮޑު ފުރުސަތެއް ފަހިވެފައި އޮތް ގޮތަށެވެ.

އެ ގޮތުން، އަންނަ އޮގަސްޓް މަހު 17-24 އިން ތުލުސްދޫގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ރަނގަޅު ކާމިޔާބެއް ހޯދައި، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތް ލޯންޗްކުރަން ބޭއްވި އިވެންޓްގައި، މިއަދު ވާހަކަ ދައްކަވަމުން، ސޮބާހު ވިދާޅުވީ، މި ފަހަރު އޮތީ، ކޮލިފައިން އިވެންޓަކަށްވާތީ ގަވާއިދު ތަންދިން ގޮތުން، މި ފަހަރު އެހާ ގިނަ ދިވެހި އެތުލީޓުން ބައިވެރިކުރެވެން ނެތް ކަމަށެވެ.

އެކަމަކު، އޭޝިއަން ސާފިން ޖަމިއްޔާއާ މަޝްވަރާ ކުރުމަށް ފަހު، ރާއްޖޭގެ ދެ ޓީމެއް ބައިވެރިކުރެވޭ ގޮތްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީމު އޭ އާއި ޓީމު ބީ ބައިވެރިކުރެވޭ ގޮތް ވަނީ ވެފައި. ޓީމު އޭ އަކީ އޭޝިއަން ގޭމްސް އަށް ކޮލިފައިވާ ގޮތަށް އިންނަ ޓީމެއް، ޓީމު ބީ އަކީ ކޮލިފައިވާ ގޮތަށް އިން ޓީމެއް ނޫން، ރޭންކިން އަށް ގުނޭ ގޮތަށް މި ޓީމުތައް އެކުލަވާލެވުނުއިރު، ކޮންމެ ޓީމެއްގައި ވެސް އަންހެން، ފިރިހެން ޖޫނިއާ ތިނެއް އަދި ސީނިއާ އެތުލީޓުން ހިމެނޭނެ، އުންމީދަކީ 12 އެތުލީޓުން ހިމެނުން. އެހެން ކަމުގައި ވިޔަސް އަންހެން އެތުލީޓުން (ހޯދަން) ވަރަށް ޗެލެންޖިން،" ސޮބާހު ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް އަދި އޭގެ ކުރިން ވެސް ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެތުލީޓު، ހުސެއިން އަރީފް (އިބޫ) ވަނީ ލޯ މެޑަލް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތަކީ، ކޮލިފައިން އިވެންޓެއް ނުވާތީ އެންމެ މޮޅު ސާފަރުން ނުފެނެ އެވެ. އެކަމަކު މި ފަހަރުގެ މުބާރާތް ކޮލިފައިން އަކަށްވާތީ، އޭޝިއާ ރީޖަންގެ އެންމެ މޮޅެތި ސާފަރުން ބައިވެރިވެ އެވެ.

"މި ފަހަރު ޗެލެންޖިން ވާނެ އެހެން ނަމަވެސް އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑުމެންނަށް ކޮލިފައިންގެ އެބަ އިނދޭ ދެ ފުރުސަތެއް. އެއީ، ރީޖަނަލީ އިންނަ ފުރުސަތާއި މުޅި އޭޝިއާ އިން ޓޮޕް ސެވަން، ތެރޭގައި ހިމެނުމުގެ ފުރުސަތު، އޭގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އެބައިން. އެހެންވެއްޖިއްޔާ، އުންމީދަކީ އަޅުގަނޑުމެންނަށް އެއް ފުރުސަތު މީގެއިން ހޯދޭނެ ކަމަށް. އެތުލީޓުންނާ މެދު ވަރަށް ޔަގީންކަން އެބައޮތް،" ސޮބާހު ވިދާުޅުވި އެެވެ.

މިއީ އޭޝިއަން ގޭމްސްއެއްގައި ސާފިން އިވެންޓް އޮތް ފުރަތަމަ ފަަހަރު

ޖަޕާނުގައި 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމަނައިގެން ބޭއްވޭ ފުރަތަމަ ގޭމްސް އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)، މިއަދު ވިދާޅުވީ މި އަހަރު ރާއްޖޭގައި އޭޝިއަން ގޭމްސްގެ ކޮލިފައިން މުބާރާތެއް ބޭއްވުމަކީ ރާއްޖެ އަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.

އޭޝިއަން ގޭމްސް އަށް ކޮލިފައިވެވޭނީ ޝޯޓްބޯޑު އިވެންޓްތަކުންނެވެ. އެއީ އޮލިމްޕިކްސްގައި ވެސް އެ އޮތީ އަދި ޝޯޓްބޯޑް ކަމަށްވާތީ އެވެ.

އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގެ މުޅި ޖުމްލަ ކޯޓާ އަކަށް މި ލިބެނީ 24 އަންހެން، 24 ފިރިހެން އެތުލީޓުން ގޮތަށް، 48 އެތުލީޓަކަށެވެ. ކޯޓާ ތެރެއިން ކޮލިފައިވާ އެތުލީޓުން މި ބަލަނީ، މި އަހަރާއި އަންނަ އަހަރު އޮންނަ ސާފިން ދެ ކޮލިފައިން މުބާރާތް މެދުވެރިކޮށެވެ.

އެ ގޮތުން، ރާއްޖޭގެ ސާފިން އެސޯސިއޭޝަނަށް މި ލިބެނީ، ކޮލިފައިން ސްލޮޓްގެ ގޮތުގައި، އެންމެ ގިނަވެގެން އަންހެން ދޭއް އަދި ފިރިހެން ދެ ޖާގަ އެވެ.

އޭޝިއަން ގޭމްސްގެ ކޯޓާގެ ތެރެެއިން، މި އަހަރަށް ވަކިން ބަލާއިރު، 12 ޖާގައެއް ކަށަވަރުވެގެންދާނެ އެވެ. އެއީ، އޭޝިއާ ބެހިގެންދާ ފަސް ބައިގެ ތެރެއިން، ކޮންމެ ބަޔަކުން އެއް ވަނަ، އޮޓޮމެޓިކުން ކޮލިފައިވާއިރު، އެ އެތުލީޓުން ނެގުމަށް ފަހު، މުޅި އޭޝިއާގެ އެންމެ ރޭންކިން ރަނގަޅު ހަތް އެތުލީޓަކު ވެސް ކޮލިފައިވާނެ އެވެ.

މި ހަތް އެތުލީޓުން ރޭންކްކުރާއިރު ކުރިން އޮޓޮމެޓިކް ކޮލިފިކޭޝަން ލިބުނު ފަސް އެތުލީޓުންގެ ގައުމު ނުހިމެނޭނެ އެވެ. މިއީ ގިނަ ގައުމަކަށް ފުރުސަތު ދިނުމަށްޓަކައި އޮންނަ އުސޫލެކެވެ.

އޭޝިއާ ބެހިފައިވާ ފަސް ބައިގެ ތެރެއިން ރާއްޖެ ހިމެނެނީ، ދެކުނު އޭޝިއާ ފަޅީގަ އެވެ. މި ބައިގައި ހިމެނެނީ، ރާއްޖޭގެ އިތުރުން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ނޭޕާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox