އަމްސްޓެޑަމް، ނެދަލެންޑްސް (ޖޫން 11) - ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން، އަށް ލިބިފައިވާ އަނިޔާއާ ހެދި އަންނަ ހުކުރު ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ކަށަަވަރުވެއްޖެ އެވެ.
ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅޭ ނެދަލެންޑްސް އިން ރޭ ވަނީ ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފަހު މެޗުން އައިސްލެންޑް އަތުން 4-0 އިން މޮޅުވެފަ އެވެ. އެ މެޗުގެ ކުރިން، ކޫމަން ވަނީ ޑި ޔޯން އަށް އަނިޔާގެ ސަބަބުން ޔޫރޯގައި ނުކުޅެވޭނެކަން ކަށަވަރުކޮށްދީފަ އެވެ.
ބާސެލޯނާ އަށް ކުޅެނިކޮށް، ޑި ޔޯންގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ހެދި އޭނާ ކުުޅުމާ ދުރުގައި ހުންނަތާ މިހާރު ވަނީ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އޭނާ އަނިޔާގައި ހުއްޓައި ސްކޮޑަށް ނެގީ، ފިޓްވާން ފުރުސަތު ދޭށެވެ. އެކަމަކު، އެ ފުރުސަތުގެ ބޭނުންހިފައި ސްކޮޑަށް އަރާވަރަށް ފިޓެއް ނުވެވުނެވެ.
ނެދަލެންޑްސް ޓީމަށް 54 މެޗު ކުޅެ ދެ ގޯލު ޖަހައިދިން، ޑި ޔޯން ނެތުމަކީ ޔޫރޯގައި އެ ޓީމުން ފެންނާނެ އުނިކަމެކެވެ.
ޔޫރޯ އަށް ތައްޔާރުވާން ރޭ ނެދަލެންޑްސް އިން ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ޒަވީ ސިމޯންސް، ވާޖިލް ވެން ޑައިކް، ޑޮންޔެލް މާލެން އަދި ވައުޓް ވެގްހޯސްޓް އެވެ.
ނެދަލެންޑްސް އިން ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ، ޕޮލެންޑާ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ނެދަލެންޑްސް އާއި ޕޮލެންޑް އެވެ.












