އެބޮޅެއް މަހާނީ އެބޮޅެއްގެ ޖާގައަށް

އެބޮޅެއް މަހާނީ އެބޮޅެއްގެ ޖާގައަށް

އިންޑިއާ ބޭރު ކުރަންވީ އެވެ. ބިރެއް ޖެހިލުމެއް ލަދެއް ނެތި މިހެން ބުނެލާއިރު، ކަމުގެ ހަގީގަތް އޮތް ގޮތާމެދު ވިސްނާލުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކޭ ހީވެ އެވެ.

ދިވެހިރާއްޖޭގައި މިއުޅޭ މީހުންނަކީ މީގެ 2500 އަހަރު ކުރިން ފެށިގެން މިތަނުގައި ދިރިއުޅެން ފެށި ބައެއްކަމަށް ވެއެވެ. މިބައި މީހުންގެ އަސްލަކީ އިންޑިއާގެ އިރުވަންހަ އެވެ. އިރުވަންހައިގެ ޕްރިންސް ވިއެޖާ އަރުވާލުވެނުއިރު، ދެ ނަވެއްގައި ފުރުވާލި 700 މީހުންގެ ތެރޭގައި ހިމެނޭ އެއް ނައު އުރުނީ މިހާރުގެ ސްރީލަންކާއަށެވެ. އަނެއް ނައު މި ކުޑަކުޑަ ރާއްޖެއަށެވެ. ޔަގީނަށް ސާބިތުނުވި ކަމުގައިވީނަމަވެސް، ދިވެހީންގެ ފެށުމަކީ މިއީ ކަމަށް ލިޔުންތަކުގައި ލިޔެވިފައިވާތީ ދުށީމެވެ.

ރާއްޖޭގެ ޒަމާންވީ ތާރީހުގައި އިންޑިއާއާއެކު އޮތީ ބަދަހި ގުޅުމެކެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ދެ ގައުމު އޮތް ޒަމާނުން ފެށިގެން ދެ ގައުމަށް މިނިވަންކަން ލިބުމާ ހަމައަށް، އަދި އޭގެ ފަހަށްވެސް އެ ގުޅުން އޮތީ އެގޮތުގަ އެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި މިތުރެވެ. ކަމެއް ދަމެއް ބޮޑުވާ ކޮންމެ ފަހަރަކު ރާއްޖެއިން ފުރަތަމަ އިޝާރާތްކުރާ ގައުމަކީ އިންޑިއާ އެވެ. ރާއްޖޭގެ އެދުންތަކަށް އެންމެ ފުރަތަމަ އިޖާބަދޭ، އެންމެ ގާތުގައިވާ ގައުމަކީވެސް އިންޑިއާ އެވެ.

ރާއްޖޭގެ ވެރިންނަކީ ދުނިޔޭގެ ތާރީހާއި، ގައުމުތަކުގެ ވާދަވެރިކަމާމެދު ޣާފިލުވެފައިވާނޭ ބަޔަކު ކަމަށް އަޅުގަނޑެއް ނުދެކެމެވެ. ދިވެހިންނެއްވެސް އެގޮތަކަށް ނުދެކޭނެ އެވެ. އިންޑިއާގެ އަވަށްޓެރި ޗައިނާއާއި، އިންޑިއާއާ އޮންނަނީ ކޮންކަހަލަ ވާދަވެރިކަމެއްކަން އަދި އޭގެ ތާރީހަކީ ކޮބައިކަން އެއީ އަޅުގަނޑުމެންގެ އެކަކަށްވެސް ވަންހަނާވެފައިވާނޭ ކަމެއް ނޫނެވެ.

ޒުވާބު ނުކުރާނީ ކޮންކަމެއްގައި ހެއްްޔެވެ؟ ދުނިޔެއަށް މާޝަލްއާޓް ތައާރަފުކުރި އެދުރުންގެ ތެރޭގައި ހިމެނޭ، އަދި އެމީހަކަށްޓަކައި މުޅި ޗައިނާ ފަހުރުވެރިވާ ބޯދީދަރްމާ އަކީ ހަގީގަތުގައި އިންޑިއާގެ ރައްޔިތެެއް ކަމަށް އިންޑިއާގެ ތާރީހު ހެކި ދެ އެވެ. އެހެންވީމާ މާޝަލްއާޓްގެ އަސްލު ނިސްބަތްވަނީ އިންޑިއާއިން ދައުވާކުރާ ގޮތުގައި އިންޑިއާއަށެވެ. ބޯދީދަރްމާ ދިރިއުޅުނީ މީލާދީން 5 ނުވަތަ 6 ވަނަ ގަރުނުގަ އެވެ.

އިންޑިއާތޯ އިސްކުރާނީ ނުވަތަ ޗައިނާއަށްތޯ އިސްކަން ދޭނީ ކިޔައިގެން އަޅުގަނޑުމެން ވަންނާން މިއުޅެނީ މިހާ ދުވަސްވީ ޒުވާބަކަށެވެ. އަޅުގަނޑުމެންގެ ލިޔެވިފައިވާ ތާރީހާއި، އަޅުގަނޑުމެންގެ ސައިޒު މިކަމަށް ހުއްދަ ދެނީ ކިހާ މިންވަރަކަށްތޯ ބަލާލުން އެއީވެސް އޮތް ކަމެއް ނޫންތޯ އެވެ.

ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ތައާރަފުވުމާ ހަމައަށް އަޅުގަނޑުމެން ގެންގުޅުނީ ވަކި ގައުމެއް އިސްކުރުމެއް ނެތް ހަމަހަމަ ސިޔާސަތެކެވެ. މީލާދުން 2008 ވަނަ އާހަރު ޒަމާނީ ޑިމޮކްރެސީ ތައާރަފުވުމާއެކު އަޅުގަނޑުމެން އިސްކުރީ އިންޑިއާ ފަސްޓް ޕޮލިސީ އެވެ. ދިވެހިރާއްޖޭގައި ބިދޭސީންގެ އެހީތެރިކަމާއެކު ހިންގާންޖެހިއްޖެ ކޮންމެ ކަމެއްގައި އިސްކަން ދިނީ އިންޑިއާ އަށެވެ. ޗައިނާ ބާކީ ކުރަމުން ގެންދާކަން ފާޅުކޮށް ފެންނާނޭ ގޮތަށެވެ.

އޭގެ ފަހުން، 2008 ވަނަ އަހަރު އުވެދުނު ސަރުކާރު 2012 ވަނަ އަހަރު ވައްޓާލުމަށްފަހު ދެން އަޅުގަނޑުމެންގެ ރާއްޖެ ހިފާންފެށީ އޭގެ އިދިކޮޅަށެވެ. އެއީ ޗައިނާއަށް އިސްކަން ދިނުމެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ވަކި އަތަކަށް ނުޖެހިއޮތް ހާރިޖީ ސިޔާސަތު ޗައިނާއާ ވީ ފަޅިއަށް ފުރޮޅާލީ އެވެ. ދިވެހިރާއްޖެއިން އިންޑިއާގެ ކުންފުނިތަކާއެކު ކޮށްފައިހުރި ބޮޑެތި ވިޔަފާރީގެ މުއާމަލާތުތައް ނިމުމަކަށް ގެނައީ ދެގައުމުގެ ގުޅުމަށް ދެން ވާނީ ކިހިނެއްތޯ ވިސްނާލުމެއް ނެތި އެވެ.

މުސްތަގިއްލުކަމާއި، އަމިއްލަވަންތަކަށް ދައުވާކުރާއިރު، އެ ފެންވަރު ގައުމުގެ އިގުތިސާދުން ފެންނާންޖެހެ އެވެ. އަޅުގަނޑުމެންގެ ސަރުކާރުން ބެލީ އާންމުން ރުއްސައި ކައްކުވާލެވޭނީ ކިހިނެއްތޯ އެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ވެއަތުވި މުއްދަތަކީ އިންޑިއާ ބާކީކޮށް ޗައިނާގެ ބައިވެރިވުމާއެކު އިގުތިސާދު ކުރިއަރައިދާނޭކަން ސާބިތުކުރުމަށް ހިންގުނު ގޮތްބަލާލުން ތަކެކެވެ.

އޭގެ ފަހުން، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު، އިންޑިއާ އިސްކުރެވުނީ މާބޮޑަށެވެ. އިންޑިއާއާ ރަހުމަތްތެރިކަން ބޭއްވުމުގެ އިތުރުން ޗައިނާއާ ރުޅިވުންވެސް ފާޑަކަށް އޮތީ މަޖުބޫރުކޮށްފައޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. އޭރުގެ ސަރުކާރުން ބިދޭސީ ގައުމަކަށް ފުރުސަތެއް ދޭނަމަ ފުރަތަމަ ފުރުސަތު ލިބެން ޖެހެނީ އިންޑިއާށެވެ.

ދެން އައީ ސަރުކާރާ އިދިކޮޅު ޕާޓީގެ ފިތުނަ އުފެެއްދުމުގެ ސިލްސިލާ އެވެ. އިންޑިއާއިން ދިވެހިރާއްޖެ އިސްތިއުމާރުކޮށްފައިވާ ކަމުގެ ދޮގު ހެދިއިރު، އެ ދޮގަށް ދިވެހިންގެ އިތުބާރު ދޫކޮށްލެވުނީ، އެކަން އޮތީ އެހެން ނޫންކަން ބުނެދިނުމަށް ސަރުކާރު ނުކުޅެދުމުންނެވެ. އެއްވެސް ބޭނުމެއް ނެތި އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބި ކަމަށާއި، ދިވެހި ގައުމު ހިސާރުކޮށްފި ކަމަށް ބުނި ބުނުމަށް ދިވެހިންގެ ވިސްނުން ދީލާލެވުނީ ގައުމާމެދު އޮތް ލޯބީގަ އެވެ. އޭގެ ނާޖާއިޒު ފައިދާ ނަގަން ބަޔަކު މަސައްކަތްކުރީކަން އެއީ އޭރުގެ ހާލަތު އޮތް ގޮތުން ހިތަށް ގެނެވޭ ވަރަށްވުރެ ދުރުގައި އޮތް ކަމެކެވެ. ސަރުކާރުގެ އަޑަށްވުރެ އިދިކޮޅުން ފެތުރި އަޑު ގަދައީ އެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ އެއްކަލަ ނުރައްކާތެރި އިންޑިއާގަ އެވެ. ދިވެހިންނަށާއި ދިވެހިރާއްޖޭގެ 'ދުޝްމަނު' އިންޑިއާގަ އެވެ. އެ ގައުމުގެ އެންމެ މަތީވެރިޔާއާ ސަލާންގަލާންކޮށް ކޮލަށް ދޮން ދެއްވަނީ އެވެ. ގައުމު އިސްތިއުމާރުކުރުމާއި އަޅުވެތި ކުރުމުގެ މައުލޫގައި މިހާރު އެމަނިކުފާނުގެ ވިސްނުމަކީ ކޮބައިކަމެއް ނޭނގެ އެވެ.

ނަސޭހަތަކީ މިއީ އެވެ. ދިވެހިރާއްޖެ އަކީ މިނިވަން ގައުމެކެވެ. ސިޔާސި މަގުސަދެއްގައި އަޅުގަނޑުމެންނަށް ދެއްކޭނޭ އެންމެ ނުރައްކާތެރި ވާހަކައަކީ އަވަށްޓެރި ގައުމުތަކާމެދު ފިތުނަ އުފެއްދުމަށްޓަކައި ދެއްކޭނޭ ވާހަކަތަކެވެ. އެ ގައުމުތަކުގައި ދިރިއުޅޭ އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކަމުން ކުރާނޭ އަސަރަކީ އަޅުގަނޑުމެންނަށް އެކަމުގެ ބަދަލު ދެވޭ ވަރަށްވުރެ މާ ފުން އަސަރަކަށް ވާނެ އެވެ. އެހެންވީމާ، ތިމާއަށްވުރެ ބޮޑެތި ވާހަކަ ދެއްކުމުގެ ކުރިން ވިސްނަންވީ އެވެ. ގައުމަށް ކުރާނޭ އަސަރާއި އަޅުގަނޑުމެންގެ ސައިޒާމެދު ވެސް ވިސްނާންވީ އެވެ.

ހާރިޖީ ސިޔާސަތުގައި އަޅުގަނޑުމެން ރުޖޫއަވާންވީ އެންމެ އިހުގައިވެސް އޮތް ސިޔާސަތަށެވެ. ހާރިޖީ ގުޅުންތައް ހުރިހާ ގައުމަކާއެކުވެސް ގަތަންޖެހެ އެވެ. އެހެން ނަމަވެސް އެބޮޅެއް މަހަންވާނީ އެބޮޅެއްގެ ޖާގަ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox