ހޮނިހިރު ދުވަހު ފަށާ ޔޫރޯ 2024 އާ ދިމާކޮށް އުރީދޫއިން ރާވާފައިވާ ހާއްސަ ހަރަކާތްތައް އިއްޔެ އިއުލާނުކޮށްފި އެވެ.
އުރީދޫއިން ބުނީ އެ ކުންފުނިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީ އުފާވެރި މަޖާ ސީޒަނަކަށް ވާނެ ކަމަށެވެ.
ޔޫރޯ 2024 އަށް އުރީދޫއިން ލޯންޗުކުރި ކަންކަން:
- ސޮނީ ލިވް ޕެކްސް - މީގެއިން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބާޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250ރ. 100 ޖީބީ ހިލޭ ޑޭޓާ ހިމެނެ އެވެ. މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވެ އެވެ. މި ޕެކާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބަލާލެވެ އެވެ.
ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
2. އުރީދޫ ސުޕައެޕުން ފުޓުބޯޅަ ފޯރި
- ސްޕިން ދަ ވީލް: އުރީދޫގެ ސުޕަ އެޕްގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބެ އެވެ. އަދި އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބެ އެވެ. ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެ އެވެ.
- ގެސް ދަ ސްކޯ: އުރީދޫ ސުޕައެޕް މެދުވެރިކޮށް "ގޭސް ދަ ސްކޯ" މުބާރާތެއްވެސް ކުރިއަށްދާނެ އެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ. އަދި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށައެޅިފަ އެވެ. މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭއިރު، އޭގެ ތެރޭގައި ޕްލޭސްޓޭޝަން-5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް-5 ފީފާ 2024 ހިމެނެ އެވެ.

އުރީދޫގެ ފުޓުބޯޅަ ފޯރި ކެންޕޭން ލޯންޗުކުރުން -- ފޮޓޯ: އުރީދޫ
4. އުރީދޫ ޔޫރޯ ފެންޓަސީ ލީގު: ފެންޓަސީ ލީގަކީ ފުޓުބޯޅަ އަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ ލީގެކެވެ. ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000ރ. ގްރޭންޑް އިނާމަށް ވާދަކުރެވޭނެ އެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
5. އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ: މިއީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތާކެވެ. 30،000ރ. އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާއި އެކު ކުރިއަށްދާނެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.
އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓާމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެވެ.
ޔޫރޯއާ ގުޅިގެން އުރީދޫއިން ތައާރަފުކުރި ހަރަކާތްތަކުގެ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓާމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ މަގްސަދަކީ މި ރީތި ކުޅިވަރުގެ ރޫހު ފާހަގަކުރަމުންދާއިރު، މި ޔޫރޯ ސީޒަނަކީ ހަގީގަތުގައި ވެސް ފާހަގަކޮށްލެވޭ ސީޒަނަކަށް ހެދުމަށް ކަމަށެވެ.










