ފްރާންސްގައި ސްވިއަޓެކްގެ ރަސްކަމަށް ނިމުމެއް ނުގެނެވުނު

Jun 9, 2024, 1:02 PM
ފްރާންސްގައި ސްވިއަޓެކްގެ ރަސްކަމަށް ނިމުމެއް ނުގެނެވުނު

ޕެރިސް (ޖޫން 9) - ފްރެންޗް އޯޕަންގެ އަންހެން ބައިގެ ފައިނަލްގައި އިޓާލީގެ ޖޭސްމިން ޕައޮލީނީ ބަލިކޮށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޕޮލެންޑްގެ އީގާ ސްވިއަޓެކް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބޮޑު މުބާރާތެއްގެ ފައިނަލްގައި ފުރަތަމަ ފަހަރަށް ވާދަކުރި ޕައޮލީނި އަތުން ސްވިއަޓެކް މޮޅުވީ 6-2 އަދި 6-1 އިންނެވެ.

ދުނިޔޭގެ އެއްވަނަ ސީޑް ކަމަށްވާ ސްވިއަޓެކް އަކީ ޓެނިހުގެ "އޯޕަން އިރާ" 1968 ވަނަ އަހަރު ފެށުނު ފަހުން، ޖެހިޖެހިގެން ތިން ފަހަރު އަންހެނުންގެ ސިންގަލްސް މުބާރާތް ކާމިޔާބުކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ. ކުރިން މި ރެކޯޑް ހޯދީ މޮނިކާ ސަލަސް އަދި ޖަސްޓީން ހެނިން އެވެ.

ސްވިއަޓެކް އަކީ "އޯޕަން އިރާ"ގައި ފްރެންޗް އޯޕަން ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މިއީ ސްވިއަޓެކް ފްރެންޗް އޯޕަން ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އަދި އޭނާގެ ކެރިއަރުގައި ފަސް ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. ސްވިއަޓެކް ވަނީ 2022 ވަނަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ.

ސްވިއަޓެކް ބުނީ ފްރެންޗް އޯޕަން އަކީ އޭނާ އެންމެ ގަޔާވެގެން، އެންމެ ކުޅޭ ހިތުން ކުޅޭ މުބާރާތް ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox