އެސްޕަޔާ އެކަޑަމީގެ މީޑިއާ ޕާޓްނަރަކަށް "އަދަދު"

އެސްޕަޔާ އެކަޑަމީގެ މީޑިއާ ޕާޓްނަރަކަށް "އަދަދު"

އެސްޕަޔާ އެކަޑަމީގެ މީޑިއާ ޕާޓްނަރަކަށް އަދަދު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެސްޕަޔާ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ރައީސް ހަސަން އަދުހަމް (ސަޑޭ) އެވެ. އަދި "އަދަދު"ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ "އަދަދު"ގެ މާކެޓިން މެނޭޖަރު އިސްމާއިލް ޝިއުތު އެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޕަޔާ އެކަޑަމީގެ ހަރަކާތްތައް އަދަދު ނޫހުން ގެނެސްދޭނެ އެވެ.

މި ރަސްމިއްޔާތުގައި އެސްޕަޔާ އެކަޑަމީން ވަނީ އީގަލްސް އެކަޑަމީގެ ކުދިން ތަމްރީނު ކުރުމަށް އެ އެކަޑަމީ އާއެކު ވެސް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. މީގެ އިތުރުން އެސްޕަޔާ އެކަޑަމީގެ ޓެކްނިކަލް ޑިރެކްޓަރަކަށް މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މި ހަފުލާގައި އެސްޕަޔާ އިން ވަނީ އެ އެކަޑަމީގެ ކޯޗުންނާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ އެކަޑަމީގެ ކޯޗުންގެ ގޮތުގައި ހަމަޖެއްސީ ޓީސީ ސްޕޯޓްސް ކުލަބްގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ފައްރާހު (ފައްރަ), ވިކްޓަރީއާ އެކު ދެ ވަނަ ޑިވިޝަން ކާމިޔާބުކުރި ކޯޗު ސޮބާހް މުހައްމަދު (ސޮބާ), ތަޖުރިބާކާރު ފުޓްސަލް ކޯޗު އަހުމަދު ނިޔާޒް (ނިޔާ), އަންހެން ގައުމީ ޓީމު ކުޅުންތެރިޔާ އަދި ސީ ލައިސަންސް ކޯޗު ހައްވާ ހަނީފާ އަދި ޝިޔާނާ އަހުމަދު ޒުހައިރު އެވެ.

ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ވިސްނުމުގައި އެސްޕަޔާ ފުޓްބޯލް އެކެޑަމީ ލޯންޗްކުރީ މީގެ ހައެއްކަ މަސް ދުވަސް ކުރިންނެވެ. އެ އެކަޑަމީގެ ކުޅުންތެރިން އަންނަނީ ފާއިތުވި މަސްތަކުގައި މާލެ ސަރަަހައްދުގެ އެކި މުބާރާތްތަކުގަައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox