އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުން ދިވެހިންނަށް ފުރުސަތުތަކެެއް

އެޕޯލޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ؛ އަދަދު

އެޕޯލޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ؛ އަދަދު

އިންޑިއާގެ ބެންގަލޫރުގެ އެޕޯލޯ ހޮސްޕިޓަލުން ދިވެހިންނަށް އޮތް ފުރުސަތުތައް ހާމަކޮށްފި އެވެ.

މިއަދު ޕީއެސްއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕޯލޯ ހޮސްޕިޓަލުގެ ހެޑް އޮފް އިންޓަނޭޝަނަލް ބިޒްނަސް އަބޫބަކުރު ސިއްދީގު ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެޕޯލޯ ހޮސްޕިޓަލުން މަހެއްގެ މައްޗަށް އެވްރެޖުކޮށް 70 މީހުން ދައްކާ ކަމަށެވެ.

އެ ހޮސްޕިޓަލުން ރާއްޖޭގެ އިންޝުއަރެންސްތަކުގެ ތެރެއިން އެލައިޑް އަދި އަމާނާ ތަކާފުލް ކަވާކުރުމުގެ އިތުރުން އާސަންދަ ވެސް ކަވަރުކުރާތާ ތިން އަހަރު ވެފައިވާ ކަމަށް އަބޫބަކުރު ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގެ ނިއުރޯސާޖަން ޑރ. ސަޓިޝް ސަތުޔަނާރަޔަން ވިދާޅުވީ އެ ހޮސްޕިޓަލުން ބްރެއިން ޓިއުމަރުގެ ސާޖަރީ އެޑްވާންސްޑް ރޮބޮޓިކް މައިކްރޮސްކޯޕް އަދި އެންޑަސްކޯޕް ބޭނުންކޮށްގެން ހެދޭ ކަމަށެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ފެންވަރު ރަނގަޅު ބައިޕާސް ސެންޓަރު ހުންނަނީ އެޕޯލޯގައި ކަމަށާއި، ކާޑިއެކް ސާޖަރީ އަދި ރޮބޮޓިކްސް ހާޓް ސާޖަރީ އެ ހޮސްޕިޓަލުން ހަދާ ކަމަށް ކާޑިއޮލޮޖިސްޓް ޑރ. ގްރިޝް ނަވަސުންދި ވިދާޅުވި އެވެ.

"އަންހެނުންގެ ގިނަ ބަލިތަކަށް ކުރަން ޖެހޭ ސާޖަރީތައް އެޕޯލޯއިން ރޮބޮޓިކްސް ބޭނުންކޮށްގެން ހަދާ. އޭގެ ސަބަބުން ރިސްކު ކުޑަކޮށް ސާޖަރީތައް ފުރިހަމަ ކުރެވޭ،" ގައިނެކޮލޮޖިސްޓް އަދި ރޮބޮޓިކް ސާޖަން ޑރ. ރާނީ ބަޓް ބުންޏެވެ.

ރާއްޖެއާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް މަންޓާ އެއާއިން އަންނަނީ ކުރަމުންނެވެ.

އެޕޯލޯ ހޮސްޕިޓަލުން ހިދުމަތް ދެމުން އަންނަނީ ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުންނާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި މެޝިނަރީތައް ބޭނުންކޮށްގެންނެވެ.

އެޕޯލޯ ހޮސްޕިޓަލް 1983 ވުޖޫދަށް އައިސްފައިވާއިރު، ފާއިތުވެދިޔަ 40 އަހަރު ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސް ގިނަ އާ ކަންތައްތައް ތައާރަފްކޮށްފަ އެވެ.

އެޕޯލޯގެ 71 އަށްވުރެ ގިނަ ހޮސްޕިޓަލާއި، 350 ކްލިނިކް، 2،000 އަށްވުރެ ގިނަ ޑައިގްނޯސިސްޓިކް ސެންޓަރު، 5،500 އަށްވުރެ ގިނަ ފާމަސީ، 7،500 އަށްވުރެ ގިނަ ޕެރެމެޑިކްސް ހުންނައިރު، 13،000 އަށްވުރެ ގިނަ ޑޮކްޓަރުންނާއި 15،000 އަށްވުރެ ގިނަ ނަރުހުން އެ ހޮސްޕިޓަލުގައި ތިބެ އެވެ.

މީގެއިތުރުން އެޕޯލޯގެ އެޕް 2.7 މިލިއަނަށްވުރެ ގިނަ ޔޫޒާސް ބޭނުން ކުރެ އެވެ. އަދި އެ ހޮސްޕިޓަލުން އަންނަނީ އޭއައި ޓެކްނޮލޮޖީ ވެސް ބޭނުން ކުރަމުންނެވެ.

އެޕޯލޯ ހޮސްޕިޓަލުގައި ހިދުމަތްދޭ ސެންޓަރުތަކާއި އިންސްޓިޓިއުޓްތައް:

  • ހާޓް އިންސްޓިޓިއުޓްސް
  • ކެންސާ ސެންޓާ
  • އިންސްޓިޓިއުޓް އޮފް އޯތޯޕެޑިކްސް
  • އިންސްޓިޓިއުޓް އޮފް ނިއުރޯސައިންސް
  • އިންސްޓިޓިއުޓް އޮފް ޓްރާންސްޕްލާންޓް
  • އިންސްޓިޓިއުޓް އޮފް ރެންޓަލް ސައިންސް
  • އިންސްޓިޓިއުޓް އޮފް އޮބްސްޓެޓިކްސް އެންޑް ގައިނޯކޮލޮޖީ
  • އިންސްޓިޓިއުޓް އޮފް ގޭސްޓްރޯއެންޓަރޮލޮޖީ
  • އިންސްޓްޓިޓިއުޓް އޮފް ސްޕައިން އެންޑް ރޮބޯޓިކް ސާޖަރީ
  • ކްރިޓިކަލް ކެއާ
  • އެމަޖެންސީ
  • އިންސްޓިޓިއުޓް އޮފް ޕީޑިއަޓްރިކްސް

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox