ޔޫރޯ ކާމިޔާބުކުރެވޭނެ ހުނަރު އިންގްލެންޑްގެ އެބަހުރި: ސައުތުގޭޓް

Jun 8, 2024, 8:24 AM
ޔޫރޯ ކާމިޔާބުކުރެވޭނެ ހުނަރު އިންގްލެންޑްގެ އެބަހުރި: ސައުތުގޭޓް

ލަންޑަން (ޖޫން 8) - އިންގްލެންޑްގައި ތިބި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ވެސް އެ ގައުމަށް މި އަހަރުގެ ޔޫރޯ ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ޔޫރޯގެ ކުރިން އައިސްލެންޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި އިންގްލަންޑުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން 1-0 ގެ ނަތީޖާ އަކުން ވަނީ ބަލިވެފަ އެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ އައިސްލެންޑް މެޗުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ފެނުނު ކަމަށެވެ. އަދި، މިއީ، އިންގްލެންޑްގެ ފެންވަރު ނޫން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

"މި މެޗުން (އައިސްލެންޑް މެޗުން) ޕޮޒިޓިވް އެއް ކަމެއް ވެސް ނުފެނުނު. މިއީ ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ފެނުނު މެޗެއް" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ޔޫރޯގެ ކުރިން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޔޫރޯ އަށް ނުކުންނައިރު, ނުކުންނާނީ އެންމެ ފަހުގެ ޔޫރޯގެ ފައިނަލުން ބަލިވި ބަލިވުން ހަނދާން ނައްތާލައިގެން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ސައުތުގޭޓް ބުނީ އިންގްލެންޑް ކުޅުންތެރިންގެ ފެންވަރަށް ބަލާނަމަ, އެ ޓީމަށް އެއްވެސް އުނދަގުލަކާ ނުލާ ޔޫރޯ ކާމިޔާބު ކުރެވެން ޖެހޭ ކަމަށެވެ.

"ހަމަ އެކަނި ޓެލަންޓައް ބެއްލިޔަސް އިންގްލަންޑަށް ޔޫރޯ ކާމިޔާބުކުރެވޭނެ" ސައުތުގޭޓް ބުންޏެވެ.

މި ފަހަރުގެ ޔޫރޯ އަށް އިންގްލަންޑުން ނުކުންނައިރު, އެ ޓީމުން ގިނަ ބަދަލުތަކެއް ފެންނާނެ އެވެ. އެ ގޮތުން އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން އަންނަ ހެރީ މެގުއާ އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ޖޭމްސް މެޑިސަން ވަނީ ބާކީ ކޮށްފަ އެވެ.

މީގެ އިތުރުން ފިޓްނަސްގެ މައްސަލަ ދިމާގެ މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް ވެސް ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox