އިންގްލެންޑް ބަލިވިއިރު، ޖަރުމަނު ފަަހަތުން އަރައި މޮޅުވެއްޖެ

Jun 8, 2024, 5:30 AM
އިންގްލެންޑް ބަލިވިއިރު، ޖަރުމަނު ފަަހަތުން އަރައި މޮޅުވެއްޖެ

ލަންޑަން (ޖޫން 8) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ރޭ ކުޅުނު މެޗުތަކުން އިންގްލެންޑުން 1-0 އިން އައިސްލެންޑް އަތުން ބަލިވިއިރު، ޖަރުމަނުން ފަހަތުން އަރައި 2-1 އިން ގްރީސް އަތުން މޮޅުވެއްޖެ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 12 ވަނަ މިނިޓްގައި އައިސްލެންޑްގެ ޖޯން ޑާގޯ ތޯސްޓެއިންސަން އެވެ. އޭނާ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން އިންގްލެންޑްގެ ގޯލުގައި ރޭ ހުރި ކީޕަރު އާރޮން ރަމްސްޑޭލް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރޭގެ މެޗުގައި އިންގްލެންޑްގެ އެޓޭކުގައި ހަރަކާތްތެރިވި ފިލް ފޯޑެން، ކޯލް ޕާމާ، އެންތަނީ ގޯޑަން އަދި ކެޕްޓަން ހެރީ ކޭން އަށް އައިސްލެންޑްގެ ޑިފެންސްގެ ތެރެއިން ޖާގައެއް ހޯދައި ގޯލެއް ނުޖެހުނެވެ.

އިންގްލެންޑްގެ ސްކޮޑު ފައިނަލު ކުރި ފަހުން ކުޅުނު މި މެޗުުން އެ ޓީމު ބަލިވިއިރު، ޔޫރޯއާ އެ ޓީމުން ކުރިމަތިލާނީ ދަށް ނަތީޖާ އަކަށް ފަހު އެވެ. އެހެންވެ، އެ ޓީމުގެ ކޯޗު، ގަރެތު ސައުތުގޭޓަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ޖަރުމަނު ކޮޅަށް ރޭގެ މެޗުގެ 33 ވަނަ މިނިޓްގައި ގްރީސްގެ ޖިއޯޖަސް މަސޫރަސް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ގްރީސް އިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ.

އެކަމަކު ދެ ވަނަ ހާފަށް ކުޅެން ނުކުމެ ޖަރުމަނުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. ޖަރުމަނުން އެއްވަރުކުރީ ދެ ވަނަ ހާފު ފެށިގެން 11 ވަނަ މިިިނިޓްގައި ކައި ހަވާޓްޒް ޖެހި ލަނޑުންނެވެ. ހަވާޓްޒް މި ލަނޑު ޖެހީ ލެރޯއި ސާނޭ ދިން ބޯޅައަކުންނެވެ.

ޖަރުމަނު މޮޅުކޮށްދިން ލަނޑު ޖެހީ، މެޗުގެ ފަހު މިނިޓްގައި ޕަސްކާލް ގްރޮސް އެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox