ޗެތުރީ، ވަދާއީ މެޗަށް ފަހު މީޑިއާ އަށް: "އަހަރެންގެ ވާހަކަ ބުނެދިނީތީ ޝުކުރިއްޔާ!"

Jun 7, 2024, 6:45 AM
ކުވެއިތާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ފަހު ޗެތުރީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ކުވެއިތާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ފަހު ޗެތުރީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

"އަހަރެންގެ ވާހަކަ ބުނެދިނީތީ ޝުކުރިއްޔާ!"

ގައުމީ ފުޓްބޯޅަ ޓީމަށް މިދިޔަ 19 އަހަރު، އޭނާ ކުޅުނުއިރު، އިންޑިއާ އާއި އެ ނޫން ވެސް އެކި ގައުމުތަކުގެ މީޑިއާތަކުން އޭނާ އަށް ދިން އެއްބާރުލުން ފާހަގަކޮށް، ގައުމީ ޓީމުން ރިޓަޔާކުރި މެޗަށް ފަހު، ސުނިލް ޗެތުރީ، 39، ހިއްސާކުރި ސިޓީގައި ލިޔެފައިވެ އެވެ.

އިންޑިއާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި ރޭ 59،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ޗެތުރީ ފަހު މެޗު ކުޅުނީ ކުވެއިތާ ދެކޮޅަށެވެ. ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ޗެތުރީ، އިންޑިއާ ގައުމަށް ކުޅުން ހުއްޓާލިއިރު، 146 މެޗުން 94 ލަނޑު ޖެހި އެވެ. އޭނާ އަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު، ގައުމީ ޓީމަށް ހަތަރު ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޗެތުރީ އަށް ވުރެ ގިނައިން ގައުމީ ޓީމަށް ލަނޑު ޖެހީ، އީރާންގެ ލެޖެންޑް އަލީ ދާއީގެ އިތުރުުން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ އެވެ.

ކުވެއިތާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ފަހު ޗެތުރީ.--- ފޮޓޯ: ގެޓީއިމޭޖަސް

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވެސް ޗެތުރީ، އިންޑިއާ ޓީމުން ރިޓަޔާކުރި މެޗަށް ހާއްސަ ސަމާލުކަމެއްދިންއިރު، މެޗަށް ފަހު، މީޑިއާތަކުން ވެސް އަވަސްވީ، ޗެތުރީގެ ޝުއޫރުތައް އޮޅުންފިލުވުމަށެެވެ. އެކަމަކު، ގިނަ ސުވާލުތަކަކަށް ޖަވާބު ދިނުމުގެ ބަދަލުގައި، ރޮވިފައި ހުރި ޗެތުރީ ނިންމީ، އޭނާ މީޑިއާ އަށް ދޭ މެސެޖް ލިޔެފައި އޮތް ސިޓީއެއް ގޮތަށް ދޭށެވެ.

އެ ސިޓީގައި ޗެތުރީ ވަނީ، ގައުމީ ޓީމުގައި އޭނާ ހޭދަކުރި 19 އަހަރު ތެރޭގައި މީޑިއާ އިން އޭނާ އަށް ދިން އެއްބާރުލުން ފާހަގަކޮށްފަ އެވެ. އަދި ގައުމީ ޓީމުގެ ކެރިއަރުގައި މީޑިއާއާ އެކު ހޭދަކުރި ވަގުތުތަކާއި އޭނާގެ ކުޅުން ވަޒަންކޮށް މީޑިއާ އިން ހާމަކޮށްފައިވާ ހަގީގަތްތައް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.

ރިޓަޔާކުރަން ނިންމި ނިންމުމާ ބެހޭގޮތުން، ޗެތުރީ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަަގަކުރީ، މިއީ އަންނަން އޮތް ޖީލުތަކުގެ ސްޓްރައިކަރުންނަށް ފުރުސަތު ދޭންވީ ވަގުތުކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން، ދެން އަންނަ ފޯވާޑުން ވެސް ގައުމީ ޒިންމާ އިސްކޮށް، އިންޑިއާ ފުޓްބޯޅަ ކުރިއަރުވާނެ ކަމަށް އުންމީދުކުރާ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.

އިންޑިއާ ގައުމީ ޓީމާ އެކު ޗެތުރީ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމާއި 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކުރުމާއި ތިން ފަހަރު ނެހްރޫ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއި ދެ ފަހަރު އިންޓަ ކޮންޓިނެންޓަލް ކަޕް ހޯދުމުގެ އިތުރުން އެއް ފަހަރު، އިންޑިއާ ޓްރައިނޭޝަންސް ސީރީސް ކާމިޔާބު ކުރުން ހިމެނެ އެވެ.

ޗެތުރީ، މީޑިއާ އަށް ދިން ސިޓީ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox