މިދިޔަ ދެ މަހު ވައިގެ މަގުން އެންމެ ގިނައިން އެތެރެކުރަން އުޅުނީ ސިންތެޓިކް ޑްރަގު

ފުލުހުން މަސްތުވާތަކެތި ނައްތާލައި، ސާމްޕަލް ޓެސްޓު ކުރުމަށް ދޫނިދޫގައި ބޭއްވި އިވެންޓެއްގެ ތެރެއިން: މިދިޔަ ދެ މަހު ކަސްޓަމްސްއިން ވަނީ ގިނަ އަދަދެއްގެ ސިންތެޓިކް ޑްރަގު އަތުލައިގަނެފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފުލުހުން މަސްތުވާތަކެތި ނައްތާލައި، ސާމްޕަލް ޓެސްޓު ކުރުމަށް ދޫނިދޫގައި ބޭއްވި އިވެންޓެއްގެ ތެރެއިން: މިދިޔަ ދެ މަހު ކަސްޓަމްސްއިން ވަނީ ގިނަ އަދަދެއްގެ ސިންތެޓިކް ޑްރަގު އަތުލައިގަނެފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވަައިގެ މަގުން މިދިޔަ ދެ މަހު އެންމެ ގިނައިން އެތެރެކުރަން އުޅުނީ ސިންތެޓިކް ޑްރަގްސްކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން "ސިންތެޓިކް ކެތިނޯން" ގެ 180 ގްރާމު އެޕްރިލް 9، ގައި ވައިގެ މަގުން އެތެރެކޮށްގެން ހިފެހެއްޓިއިރު، މެއި 5، ގައި އިތުރު 1،690 ގްރާމު އެތެރެކުރަން އުޅެނިކޮށް ވަނީ ހިފަހައްޓާފަ އެވެ.

މީގެއިތުރުން އެޕްރިލް 2، ގައި "ކޮކެއިން" ގެ 5،670 ގްރާމު އެތެރެކުރަން އުޅެނިކޮށް ވެސް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފަ އެވެ.

Advertisement

ކަސްޓަމްސްއިން ވަނީ މެއި 25، ގައި ރާއްޖެ އެތެރެކުރަން އުޅުނު ހެރޮއިންގެ 300 ގްރާމު ވެސް ހިފަހައްޓާފަ އެވެ.

ކަސްޓަމްސްއިން ވަނީ ގަތަރުގެ ދޯހާއިން ރާއްޖެއަށް ވައިގެ މަގުން އެތެރެވާން އުޅުނު ޕާކިސްތާނުގެ ފަސިންޖަރެއްގެ ލަގެޖުން ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މާޗު މަހު އަތުލައިގަނެފަ އެވެ.

މި އަހަރު ފުލުހުން ހިންގި 56 އޮޕަރޭޝަނެއްގައި 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް އެ އިދާރާއިން ވަނީ މެއި 13، ގައި ބުނެފަ އެވެ.

ސްޓްރީޓް ވެލިއުށް ބަލާނަމަ އެ ތަކެތީގެ އަގު 104 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox