އިޒްރޭލު ޕާސްޕޯޓު މައްސަލާގައި އެމެރިކާއިން ދަތިކުރަން އުޅެނީ ޝާހިދު އަޑީގަ ހުރެގެން ކަމަށް އިބްރާހިމް ތުހުމަތުކޮށްފި

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު: އިޒްރޭލު ޕާސްޕޯޓު މައްސަލާގައި އެމެރިކާއިން ދަތިކުރަން އުޅެނީ ޝާހިދު އަޑީގަ ހުރެގެން ކަމަށް އިބްރާހިމް ތުހުމަތުކޮށްފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު: އިޒްރޭލު ޕާސްޕޯޓު މައްސަލާގައި އެމެރިކާއިން ދަތިކުރަން އުޅެނީ ޝާހިދު އަޑީގަ ހުރެގެން ކަމަށް އިބްރާހިމް ތުހުމަތުކޮށްފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރަން ސަރުކާރުން ނިންމުމާއެކު، އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑައިލަން އެ ގައުމުގެ ކޮންގްރެސަށް ބިލެއް ހުށަހަޅަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަޑީގައި ހުންނަވައިގެން ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ތުހުމަތުކުރައްވައިފި އެވެ.

އެމެރިކާގެ ކޮންގްރެސަށް އެ ބިލު ހުށަހަޅަން އުޅޭ ހަބަރު ނޫހަކުން ހިއްސާކުރަން ކުރި އެކްސް ޕޯސްޓަށް ރިޕްލައި ދެއްވައި އިބްރާހިމް ލިޔުއްވީ، "މީގެ ފަހަތުގައި ތިބީ އެމްޑީޕީން އަބްދުﷲ ޝާހިދު ކަމަށް މައުލޫމާތު ލިބޭ؟ އިތުރަށް ބަލަންޖެހޭ،" މިހެންނެވެ.

ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ. އިބްރާހިމްގެ ކޮމަންޓެއް ހޯދުމަށް ގުޅުމުން އަދި މެސެޖު ކުރުމުން ޖަވާބެއް ނުދެއްވާތީ އޭނާއަށް ޝާހިދާ ގުޅޭގޮތުން އެފަދަ މައުލޫމާތެއް ލިބުނު ގޮތް ސާފުވެފައެއް ނުވެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް ސަރުކާރުން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ގުޅިގެންނެވެ. މިއީ ދިވެހި އާންމުން ވޭތުވެދިޔަ ހަ މަހެއްހާ ދުވަހު ގޮވާލަމުންދިޔަ ކަމެކެވެ.

މި ނިންމުމާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ ތިރިގެއަށް ބިލެއް ހުށަހަޅަން ނިންމާފައިވަނީ ވެރިކަންކުރާ ޑިމޮކްރެޓުންގެ ރެޕްރެސެންޓޭޓިވް ޖޯޝް ގޮޓްހެއިމާ އެވެ. އޭނާ އަކީ އިޒްރޭލުގެ ގަތުލުއާންމަށް ތާއީދުކޮށް، އެމެރިކާގެ ކޮންގްރެސްގައި އިޒްރޭލު ދިފާއުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކެވެ.

އޭނާއާ ހަވާލާދީ އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ" ގެ ނަމުގައި ހުށަހަޅާ މި ބިލުގެ މަސައްކަތުގައި ވެރިކަންކުރާ ޑިމޮކްރެޓުންގެ އިތުރުން މެންބަރުން ވެސް ގޮޓްހެއިމާ އާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

"އިޒްރޭލުގެ ރައްޔިތުން ވަނުން މަނާކުރާ ގައުމަކަށް އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ދެވިގެން ނުވާނެ، އިޒްރޭލަކީ އަހަރުމެންގެ އެންމެ ގާތް އެއް ގައުމު، ދިވެހިރާއްޖޭގެ މި ނިންމުމަކީ ޔަހޫދީންނާ ދެކޮޅަށް ނިންމި ނިންމުމެއް،" ގޮޓްހެއިމާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ނިންމުމާއެކު އިޒްރޭލުން ވަނީ މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލުގެ އެންމެން މިތަން ދޫކޮށް ދިޔުމަށާއި، ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލްގައި ބުނެފައި ވަނީ މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލު މީހުން ފުރައިގެން ދިޔުމަށް އެދެނީ ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި އެހީތެރިވުމަށް ދަތިވާނެތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox