މިސްކިތް ތަޅާލި ސްޓޭޓާއި ލަކްޝަދީބުން މޯދީގެ ކޯލިޝަނަށް ނާކާމިޔާބު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: މޯދީ ނިސްބަތްވާ ބީޖޭޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ވަނީ ޖެހިފައި -- ފޮޓޯ؛ ޕީޓީއައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: މޯދީ ނިސްބަތްވާ ބީޖޭޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ވަނީ ޖެހިފައި -- ފޮޓޯ؛ ޕީޓީއައި

އިންޑިއާގައި ބާބްރީ މިސްކިތް ތަޅާލި އުއްތަރު ޕްރަދޭޝްގެ އަޔޯދިޔާ ސްޓޭޓާއި ލަކްޝަދީބުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކޯލިޝަނަށް އާންމު އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ގާތްގަނޑަކަށް 16 ވަނަ ގަރުނުގައި އެޅި ބާބްރީ މިސްކިތް ތަޅާލައި އެތަނުގައި "ރާމް ޓެމްޕަލް" ނަމުގައި ފައްޅިއެއް އަޅައި ހުޅުވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި ފައްޅި ހުޅުވައިދެއްވީ މޯދީ އެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި އަޔޯދިޔާ ސްޓޭޓުން މޯދީގެ ބީޖޭޕީގެ ކެންޑިޑޭޓު ލައްލު ސީންހު ބަލިވީ އެސްޕީގެ ކެންޑިޑޭޓު އަވަދޭޝް ޕްރަސާދުއާ ވާދަކޮށްގެންނެވެ.

އިންޑިއާގައި އެންމެ ގިނަ މީހުން ވޯޓުލި އެއް ސްޓޭޓު ކަމަށްވާ އުއްތަރު ޕްރަދޭޝްއިން މޯދީގެ ނިސްބަތްވާ އެންޑީއޭގެ ކޯލިޝަނަށް 36 ގޮނޑި ލިބުނުއިރު، އިންޑިއަން ނެޝަނަލް ކޮންގްރެސްއާއި އެސްޕީގެ ކޯލިޝަނުން ވަނީ 43 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އެންޑީއޭއިން ވަނީ 2014 ގެ އިންތިހާބުގައި އުއްތަރު ޕްރަދޭޝްއިން 71 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި 2019 ގެ އިންތިހާބުން އެންޑީއޭއިން ވަނީ އުއްތަރު ޕްރަދޭޝްއިން 62 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ލަކްޝަދީބުގައި މޯދީގެ ކޯލިޝަންގައި ހިމެނޭ ނެޝަނަލިސްޓް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓާ ވާދަކޮށް އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު ހަމްދުﷲ ސައީދު ގޮނޑި ކާމިޔާބުކުރީ 52 ޕަސަންޓަށްވުރެ ގިނައިން ވޯޓު ހޯދައިގެންނެވެ.

މޯދީގެ ސަރުކާރުން މުސްލިމުންނަށް ދަތި ކުރުމަށް ސިޔާސަތުތަކެއް ލަކްޝަދީބުގައި ގެންގުޅެ، ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ޓޫރިޒަމް ޕްރޮޖެކްޓުތައް ފެށުމުން ލަކްޝަދީބުގެ ރައްޔިތުން އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ.

މީގެ އިތުރުން ކުރީއްސުރެ މުސްލިމުން ގިނަ ލަކްޝަދީބުގައި ހުކުރު ދުވަސް ބަންދު ދުވަހެއް ގޮތުގައި އޮންނަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ސަރުކާރުން އެކަން ވެސް ބަދަލު ކުރުމުން ސަރުކާރަށް ފާޑު ކިޔުން އަމާޒުވި އެވެ.

މޯދީގެ ކޯލިޝަނަށް އަޔޯދިޔާގެ އިތުރުން ލަކްޝަދީބު ގެއްލިފައި ވަނީ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ގެންގުޅުނު ހަރުކަށި އުސޫލުގެ ސަބަބުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިފަހަރުގެ އިންތިހާބުގައި 2019 ގައި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދި މޯދީގެ ބީޖޭޕީއަށް މެޖޯރިޓީ ލިބިފައެއް ނުވެ އެވެ. ނަމަވެސް މޯދީ ނިސްބަތްވާ އެންޑީއޭގެ ކޯލިޝަނުން ވަނީ މެޖޯރިޓީ ހޯދާ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox