އިންޑިއާގެ އިންތިހާބު: ބީޖޭޕީއަށް މެޖޯރިޓީ ގެއްލުނު ނަމަވެސް ކޯލިޝަނާއެކު މޯދީ ތިންވަނަ ދައުރެއް ކަށަވަރުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ އިންތިހާބަށްފަހު އުފާފާޅުކުރައްވަނީ - ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ އިންތިހާބަށްފަހު އުފާފާޅުކުރައްވަނީ - ފޮޓޯ: ރޮއިޓާސް

އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީއަށް ޕާލަމެންޓުގެ މެޖޯރިޓީ ގެއްލުނު ނަމަވެސް، އެ ޕާޓީ އިސްވެ ހަދާފައިވާ އެންޑީއޭ ކޯލިޝަނުން އިންތިހާބު ކާމިޔާބުކޮށް، ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކޮށްފި އެވެ.

ނިމިދިޔަ ދައުރުގައި ބީޖޭޕީއިން އިންޑިއާގެ ޕާލަމެންޓްގެ ތިރިގެ ލޮކްޝަބާގެ ސާފު މެޖޯރިޓީ ދެމެހެއްޓި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި އެ މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެ އެވެ.

ޕާޓީއަކަށް މެޖޯރިޓީ ލިބޭނީ ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ނާތީޖާ ދައްކާ ގޮތުން މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް ލިބޭނީ 240 ގޮނޑި އެވެ. ބީޖޭޕީއަށް ލޮކްޝަބާގެ މެޖޯރިޓީ ގެއްލިފައި މިވަނީ ދަހަރެއް ފަހުންނެވެ.

ބީޖޭޕީގެ އިތުރުން ދެން އެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ އެކު އެންޑީއޭއިން ލޮކްޝަބާގެ 292 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ސާފު މެޖޯރިޓީ ގެއްލުނު ނަމަވެސް، މޯދީ ވަނީ ބީޖޭޕީގެ މައި ހަރުގެއަށް ވަޑައިގެން ޕާޓީގެ އިސްވެރިންނާއެކު އިންތިހާބުގެ ކާމިޔާބީ އިއުލާނުކުރައްވާފަ އެވެ. އެގޮތުން ކާމިޔާބީގެ ހިތާބުގައި މޯދީ ވަނީ އިންޑިއާގެ ރައްޔިތުންގެ އިތުބާރު އޭނާގެ ޕާޓީއަށް އެބައޮތް ކަމަށާއި މިއަދުގެ ނަތީޖާއަކީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.

މިއީ 1962 ގެ ފަހުން އިންޑިއާގައި ސަރުކާރަކުން ތިންވަނަ ދައުރެއް ކާމިޔާބުކުރި ފުރަތަމަ ފަހަރަކަންވެސް ފާހަގަކުރައްވައި މޯދީ ވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީ އިސްކޮށް އޮތް އިންޑިއާ ބްލޮކް ކޯލިޝަނުން މިފަހަރުގެ އިންތިހާބުގައި ވަނީ މޯދީގެ ސަރުކާރު ސިއްސުވާލާ، 222 ގޮނޑި ކަށަވަރުކުރުމާ ގާތަށް ޖެހިފަ އެވެ. ކޮންގްރެސް ޕާޓީން އެކަނި 100 އާ ގާތްކުރާ އަދަދަކަށް ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ނަތީޖާއިން ދައްކަ އެވެ.

އެގޮތުން، އިންޑިއާގެ ވިޔަފާރީގެ މައި ސިޓީ މުމްބާއީގެ ހަ ގޮނޑީގެ ތެރެއިން ހަތަރު ގޮނޑިއެއްގައި ލީޑުކުރަމުން ދަނީ ކޮންގްރެސް ކޯލިޝަނުގެ ކެންޑިޑޭޓުންނެވެ. 2019 ގައި އެ ހަ ގޮނޑިވެސް ކާމިޔާބުކުރީ ބީޖޭޕީ ކޯލިޝަނުންނެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި މިފަހަރުގެ އާއްމު އިންތިހާބުގައި ވޯޓުލާން ރެކޯޑް އަަދަދަކަށް މީހުން ނުކުތެވެ. އެކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުން މި އިންތިހާބުގައި 642 މިލިޔަން މީހުން ވޯޓުލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox