އިންޑިއާގެ އިންތިހާބު: ކަންގަނާ އިންޑިއާގެ ޕާލަމެންޓްގެ ގޮނޑިއެއް ކާމިޔާބުކޮށްފި

ފިލްމީ ތަރި ކަންގަނާ ރަނާވަތު, 37: އޭނާ ވަނީ އިންޑިއާގެ ޕާލިމެންޓުގެ ގޮނޑި ކަށަވަރުކޮށްފަ -

ފިލްމީ ތަރި ކަންގަނާ ރަނާވަތު, 37: އޭނާ ވަނީ އިންޑިއާގެ ޕާލިމެންޓުގެ ގޮނޑި ކަށަވަރުކޮށްފަ -

މި ފަހުން ސިޔާސީ ހަރަކާތްތަކާ ގުޅުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަނާވަތު, 37, އިންޑިއާގެ ބަރުލަމާނީ އިންތިހާބުގައި ވާދަކޮށް ގޮނޑިއެއް ކާމިޔާބުކޮށްފި އެވެ.

އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީގެ ޓިކެޓުގައި ވާދަކުރި ކަންގަނާ އިންތިހާބުވީ އޭނާގެ އުފަން ދާއިރާގެ ގޮނޑިއަށެެވެ. އެއީ ހިމަޗަލް ޕްރަޑޭޝް މަންޑީގެ ގޮނޑިއެވެ.

އެ ގޮނޑިއަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަޝިޕުގައި ހިމެނޭ، ވިކްރަމަދިތާ ސިންހު ވާދަކުރި ނަމަވެސް ކަންގަނާ އިންތިހާބު ކާމިޔާބުކުރީ 74،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ބަރުލަމާނީ ނިޒާމު އޮންނަ އިންޑިއާގައި ޕާޓީއަކުން ނުވަތަ ކޯލިޝަނަކުން ސަރުކާރެއް އެކުލަވައިލެވޭނީ އެގައުމުގެ ޕާލަމެންޓްގެ ތިރިގެ ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ކަންގަނާ އޭނާގެ ގޮނޑި ކާމިޔާބު ކުރި ނަމަވެސް ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ބީޖޭޕީއަށް މިފަހަރު ޕާލިމެންޓުގެ މެޖޯރިޓީ ގެއްލޭނެ އެވެ. ބެލެވޭ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ސަރުކާރެއް އެކުލަވާލަން ޖެހޭނީ ބީޖޭޕީއިން އިސްވެ އުފައްދާފައިވާ އެންޑީއޭ ކޯލިޝަނުންގެ އެހެން ޕާޓީތަކާ ގުޅިގެންނެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން، މޯދީގެ އެންޑީއޭ ކޯލިޝަނުން ކަށަވަރުކޮށްފައިވަނީ 141 ގޮނޑި އެވެ. އިތުރު 142 ގޮނޑިއެއްގައި އެ ކޯލިޝަނުން ދަނީ ކުރި ހޯދަމުންނެވެ. އެއާއެކު ޖުމްލަ 283 އަށް އަރާނެ އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ކޯލިޝަނުން 104 ގޮނޑިއެއް ކަށަވަރުކޮށްފައިވާއިރު އެ ކޯލިޝަނުން ދަނީ 118 ގޮނޑިއެއްގައި ލީޑުކުރަމުންނެވެ. އެކު ޖުމްލަ އެއީ 222 ގޮނޑި އެވެ. މި ނަތީޖާތައް އެނބުރިދާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް، މީގެ ކުޑަވަގުތުކޮޅެއް ކުރިން ބޮޑުވަޒީރު މޯދީ ވަނީ ބީޖޭޕީގެ މައި ހަރުގޭގައި އެ ޕާޓީގެ އިސްވެރިންނާ ބައްދަލުކޮށް ކާމިޔާބީގެ ހިތާބެއް ދީފަ އެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި މިފަހަރުގެ އާއްމު އިންތިހާބުގައި ވޯޓުލާން ރެކޯޑް އަަދަދަކަށް މީހުން ނުކުތެވެ. އެކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުން މި އިންތިހާބުގައި 642 މިލިޔަން މީހުން ވޯޓުލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox