ހަވާ އެރުވުމާއި ކަލާ ރަން ހިމެނޭހެން މިފަހަރުވެސް ވެލިދޫގައި ފޯރިގަދަ އީދެއް

މިދިޔަ އަހަރު ވެލިދޫގައި ފާހަގަކުރި އީދުގެ ތެރެއިން ހިންގި މަގުމަތީ ކުޅިވަރުތަކުގެ ތެރެއިން : މި އަހަރުވެސް ވެލިދޫގެ އީދު ތަފާތުވާނެ - ފޮޓޯ: ވެލިދޫ ކައުންސިލް

މިދިޔަ އަހަރު ވެލިދޫގައި ފާހަގަކުރި އީދުގެ ތެރެއިން ހިންގި މަގުމަތީ ކުޅިވަރުތަކުގެ ތެރެއިން : މި އަހަރުވެސް ވެލިދޫގެ އީދު ތަފާތުވާނެ - ފޮޓޯ: ވެލިދޫ ކައުންސިލް

ދިވެހިންނަކީ އިހު ޒަމާނުއްސުރެ ފޯރީގައި އީދު ފާހަގަކުރަމުން އައި ބަޔެކެވެ. ހާއްސަކޮށް ބޮޑު އީދު ފާހަގަކުރުމުގައި ގިނަ ކުޅިވަރުތައް ކުޅެ، ރަށް ރަށުގެ އެންމެން ބައިވެރިވެގެން މަޖާ ނަގާ، އުފާ ފާޅުކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެކި ސިފައިގައި ކުރަމުން އަންނަ ކަމެކެވެ.

މިގޮތުން ރާއްޖޭގައި އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއް ރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ނ. ވެލިދޫގެ ރައްޔިތުން މި އަހަރުވެސް ތައްޔާރުވަމުން ދަނީ ކުލަގަދަ އީދެއް ފާހަގަކުރުމަށެވެ.

"މި އަހަރު ގެ އީދު އެހެން އަހަރުތަކާއި މާ ބޮޑު ތަފާތެއް ނެތަސް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި ރަށުގެ ރައްޔިތުންނާއި އާއިލާތަކަށް އުފާވެރި މަޖާ އީދަކަށް މި އީދު ވެގެންދާނެކަމަށް އުންމީދުކުރަން،" ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

Advertisement

ޒަމާނާއެކު އީދު ކުޅިވަރުތައްވެސް ބަދަލުވަމުން، ފަހުގެ ކުލަތަށް ޖެހެމުން ދިޔަ ނަމަވެސް ވެލިދޫގެ އީދަކީ އަބަދުވެސް އެންމެ އިހުގެ ސަގާފަތްތަކާއި ކުޅިވަރުތައް ހިމެނޭ ގޮތަށް އިންތިޒާމުވެގެން އަންނަ އީދެކެވެ.

ވެލިދޫ އީދު ކުޅިވަރުތައް

ވެލިދޫގައި އީދު ކުޅިވަރުތައް ފެށަނީ އީދު ވިލޭރޭ އެވެ. އެގޮތުން, އިރާކޮޅު ރަންފޮށި އުފުލުމާއި އީދު މަޅިޖެހުން، އަދި މެންދަމު އީދު ނެރުމަކީ ވެލިދޫގައި ވޭތުވެދިޔަ 50 އަކަށް އަހަރުވެސް، ކޮންމެ ބޮޑު އީދެއް ފެށުމުގެ ގޮތުން މެދުކެނޑުމެއްނެތި ހިންގި ހަރަކާތްތަކެކެވެ.

ވޭތުވެދިޔަ ދަހަރުގެ ހުރިހާ އަހަރެކޭ އެއްގޮތަށް، މޫސުން ތަންދޭނަމަ މިފަހަރުވެސް ވެލިދޫގައި އީދު ނަމާދު ކުރުން އޮންނާނީ ރަށުގެ ފުޓުބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގަ އެވެ. އެއަށްފަހު ރައްޔިތުންނާއި އީދަށް ޒިޔާރަތް ކުރާ އެންމެނަށް އެ ސަރަހައްދުގައި އީދު ސައި އޮންނާނެ އެވެ.

ސަގާފީ ގޮތުން ދިވެހިން އީދާއި ގުޅުވައިގެން ކުޅޭ އެކި ކުޅިވަރުތަކުގެ މުބާރާތްތައް ވެސް ވެލިދޫގެ އީދު ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދެ އެވެ. އޭގެ ތެރޭގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފައިގަތަޅާ އަދި ވާދެމުމުގެ މުބާރާތެކެވެ. ޒަމާނީ ކުޅިވަރުތަކަށް ބަލާއިރު ބައިސްކަލް އަދި ސައިކަލް ރޭސް ހިމެނެ އެވެ.

މިދިޔަ އަހަރު އީދުގެ ތެރެއިން ވެލިދޫގައި ކުރިއަށް ގެންދިޔަ ކަލާ ރަންގެ ތެރެއިން - ފޮޓޯ: ވެލިދޫ ކައުންސިލް
މިދިޔަ އަހަރު އީދުގެ ތެރެއިން ވެލިދޫގައި ކުރިއަށް ގެންދިޔަ ކަލާ ރަންގެ ތެރެއިން - ފޮޓޯ: ވެލިދޫ ކައުންސިލް

މިދިޔަ އަހަރު އީދުގެ ތެރެއިން ވެލިދޫގައި ކުރިއަށް ގެންދިޔަ ކަލާ ރަންގެ ތެރެއިން - ފޮޓޯ: ވެލިދޫ ކައުންސިލް

އޭގެއިތުރުން، އީދުގެ ފުރަތަމަ ތިން ރޭ ސްޓޭޖް ޝޯ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީދު ދުވަހުގެ ރޭ ވެލިދޫގައި އީދުގެ އުފާ ފާޅުކުރުމަށް ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އީދު ޝޯތައް ދޭ ގްރޫޕުތަކުގެ ތެރޭގައި ހިޔަލަ ގްރޫޕް، ޝަމްވީލް އެންޑް ބޭންޑް، އަދި އެކަތި ބޮޑުބެރު ގްރޫޕް ހިމެނެ އެވެ.

ޒަމާނުއްސުރެ އީދު ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން، ބޮޑުމަސް ދުއްވުން، ދަފިނެގުން، ކޯޑި ކުޅުން، ދެލިމާލި ހެދުންފަދަ އެތައް ހަރަކާތެއްވެސް މި އަހަރު ވެލިދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރު ވެލިދޫގެ އީދު ހަރަކާތްތަކާއި، ތައްޔާރީތައް އަދި އީދު ކުރިއަށްދާ ގޮތް "އަދަދު" އިން ގެނެސްދެމުން ގެންދާނެ އެވެ.

ދެހާސް ފަސް ސަތޭކައަށްވުރެ މީހުންގެ އެކުވެރި އާބާދީއެއް އޮންނަ ވެލިދޫއަކީ އީދު ފާހަގަކުރުމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އީދުގެ ދުވަސްތަކަށް ވެލިދޫއަށް ކޮންމެ އަހަރަކު މާލެއިން އަދި އަތޮޅުގެ ރަށްރަށާއި ކައިރި އަތޮޅުތަކުން އެތައް ހާސް މެހެމާނުންނެއް ވެލިދޫއަށް ޒިޔާރަތްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox