ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މެންބަރު ރިޒާ ހުވާކުރައްވައިފި

އަބްދުއްރަހީމް އަބްދުﷲ އަދި ހުސައިން ރިޒާ އާދަމް ޖޭއެސްސީ މެންބަރު ކަމަށް ހުވާ ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

އަބްދުއްރަހީމް އަބްދުﷲ އަދި ހުސައިން ރިޒާ އާދަމް ޖޭއެސްސީ މެންބަރު ކަމަށް ހުވާ ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރުގެ ހައިސިއްޔަތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީގެ އެކުލެވުން ބަޔާންކޮށްފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި މަޖިލީހުގެ ރައީސް އިންނަވަން ޖެހެ އެވެ. އަބްދުއްރަހީމް، ކޮމިޝަނުގެ މެންބަރުގެ ހުވާ ކުރެއްވީ އެހެންވެ އެވެ. އަދި މަޖިލީހުން ކަނޑައަޅާ މެންބަރަކު ވެސް ހިމެނެ އެވެ. ރިޒާއަކީ 20 ވަނަ މަޖިލީހުން ކަނޑައެޅި މެންބަރެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަބްދުއްރަހީމާއި ރިޒާއަށް އެ މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުންކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިއާ އެކީ، ޖޭއެސްސީގައި މިހާރު ސަރުކާރުގެ ހަތަރު މެމްބަރުން ތިއްބަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މެންބަރުގެ ހައިސިއްޔަތުން އެ ކޮމިޝަނުގައި ވަކީލު މުހައްމަދު ސަމީރު އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް އެ ކޮމިޝަނުގައި އިންނަވަ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮތް އިރު، އާ މަޖިލީހުން އާންމުންގެ ތެރެއިން މީހަކު ވެސް ޖޭއެސްސީއަށް ކަނޑައަޅަން ޖެހެ އެވެ. އެ މަސައްކަތް މި މަޖިލީހުން އަދި ކުރިއަކަށް ނުގެންދެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި މިހާރު ތިބި މެންބަރުން

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް (އަބްދުއްރަހީމް އަބްދުﷲ)
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް (ހުސައިން ރިޒާ އާދަމް)
  • މަޖިލީހުން ކަނޑައަޅާ އާންމު މީހެއް (ކުރީގެ މަޖިލީހުން ކަނޑައެޅި ޑރ. އުލްމުކުލްސޫމް)
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް (މުހައްމަދު ނާސިހު)
  • ބަންޑާރަ ނައިބު (އަހުމަދު އުޝާމް)
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަކީލެއް (މުހައްމަދު ސަމީރު)
  • ވަކީލުން އިންތިހާބުކުރާ ވަކީލެއް (އަލީ އަބްދުއްލަތީފް)
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް (ފަނޑިޔާރު ހުސްނުއްސުއޫދު)
  • ހައި ކޯޓުގެ ފަނޑިޔާރެއް (ފަނޑިޔާރު މުހައްމަދު ނިޔާޒު)
  • ދަށު ކޯޓުތަކުން ފަނޑިޔާރެއް (ފަނޑިޔާރު އަލީ ޝަރީފް)

ޖުޑިޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުންގެ ސުލޫކީ ކަންކަން ބެލުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކިކުރުމާއި އާ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްތައް މަތިކޮށްފައި އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ، ކޮންމެ ވެރިކަމެއްގައި ވެސް އަމާޒުވާ ތުހުމަތެކެވެ.

މިޔަ ސަރުކާރުން ވެސް ވައުދުވެފައިވާ ގޮތަށް އެކަމަކު ނުފުއްދާފައިވާ އެ ވައުދު ފުއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ކޮމިޝަނުގައި މަގާމުގެ ހައިސިއްޔަތުން އަންނަ އެއްވެސް މީހަކު ނުހިމެނޭ ގޮތަށް ކޮމިޝަނުގެ އެކުލެވުން ބަދަލުކުރާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި އެ ބިލު ހިމަނާނެ އެވެ. އެޖެންޑާ އަދި ބަންޑާރަ ނައިބުގެ އޮފީހުން އާންމެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox