އިންގްލެންޑް މޮޅުވިއިރު، ޖަރުމަނު އެއްވަރު

Jun 4, 2024, 2:00 AM
ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ އަލެކްސަންޑާ އާނޯލްޑް އުފާފާޅުކުރަނީ.--

ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ އަލެކްސަންޑާ އާނޯލްޑް އުފާފާޅުކުރަނީ.--

ލަންޑަން (ޖޫން 4) - މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރޭ ކުޅުނު މެޗުތަކުން އިންގްލެންޑުން 3-0 އިން ބޮސްނިއާ ބަލިކުރިއިރު، ޖަރުމަނުން ޔޫކްރެއިނާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

އިންގްލެންޑުން ރޭ ބޮސްނިއާ ކޮޅަށް ތިން ގޯލު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ގިނަ ބަދަލުތަކާ އެކު ކުޅުނު އިންްގްލެންޑަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ، 60 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކޯލް ޕާމާ އެވެ. މިއީ، ޗެލްސީގައި މި ސީޒަނު މޮޅު ކުޅުމެއް ދެއްކި ޕާމާ، އިންގްލެންޑުގެ ސީނިއާ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ޕެނަލްޓީ ދިނީ، ބޮސްނިއާގެ ކުޅުންތެރިން، އިނގިރޭސި ޑިފެންޑަރު، އެޒްރީ ކޮންސާ ޖޯޒީގައި ހިފެހެއްޓުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެެވެ.

މެޗުގައި، އިނގިރޭސި ކޯޗު، ގަރެތު ސައުތުގޭޓް ގިނަ ބަދަލުތަކެއް ގެނައިއިރު، އެ ޓީމުން، ފަހު ދެ ލަނޑު ޖެހީ، މެޗުގެ ފަހު ފަސް މިނިޓް ތެރޭގަ އެވެ. އެ ގޮތުން، މެޗުގެ 85 ވަނަ މިނިޓްގައި އިންގްލެންޑްގެ ދެ ވަނަ ލަނޑު ޖެހީ، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. އާނޯލްޑް، މެޗު ފެށީ މެދުތެރެއިންނެވެ. އެކަމަކު، މެޗު ނިންމާލިއިރު، ކުޅުނީ، އޭނާ އާންމުކޮށް ކުޅޭ މަގާމު ކަމަށްވާ ކަނާތު ބެކަށެވެ.

އިންގްލެންޑްގެ ފަހު ގޯލު ޖެހީ، 89 ވަނަ މިނިޓްގައި ހެރީ ކޭން އެވެ. ކޭން ކުޅެން ނުކުތީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޖަރުމަނު ޓީމަށް ރޭގެ މެޗުގައި ލަނޑު ޖަހައިދޭން، އިލްކާއި ގުންޑޮގާން އާއި މެކްސިމިލިއަން ބާއިއާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެެވެ. މީގެ ތެރެއިން، ބާއިއާ އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ، ޔޫކްރެއިންގެ ކީޕަރު، އަނަޓޯލީ ޓްރޫބިން ވަނީ މަތަކޮށްފަ އެވެ.

މިއީ ޔޫކްރެއިނާ އެކު މިހާތަނަށް ޖަރުމަނުން ކުޅުނު 10 މެޗުގެ ތެރެއިން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ދެ ވަަނަ ފަހަރެވެ. ގަތަރުގައި 2022 ވަނަ އަހަރުގެ ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު ޖަރުމަނުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ އެންމެ ފަސް މެޗުންނެވެ. އަނެއްކޮޅުން، ޔޫކްރެއިންގެ ކޯޗުކަމަށް ސާހެއި ރެބްރޯވް ހަވާލުވި ފަހުން، އެ ޓީމުން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވީ އެންމެ ފަހަރަކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox