19 އަހަރުން ދަށުގެ މުބާރާތުގެ ދެ ޗެމްޕިއަނުން އެއް ގްރޫޕަކަށް

Jun 3, 2024, 10:58 AM
އެފްއޭއެމް އިން 2022 ވަނަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަދަދު

އެފްއޭއެމް އިން 2022 ވަނަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ދެ ޗެމްޕިއަނުން ކަމަށްވާ ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އިން އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މި މަހު ނުވަ ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ޔޫތު ޗެމްޕިއަންޝިޕް މި ފަހަރު ކުރިއަށްދަނީ އަށް ޓީމެއްގެ މެދުގަ އެވެ.

މުބާރާތުގެ ގުރުއަތުލުން މިއަދު ބޭއްވިއިރު، މުބާރާތުގެ ދެ ޗެމްޕިއަނުން ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. އެ ގޮތުން، 2018 ވަނަ އަހަރުގެ ޗެމްޕިއަން، ގްރީން ސްޓްރީޓްސް އާއި 2022 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން، އީގަލްސް އޮތީ ގްރޫޕް ބީގަ އެވެ. ދެން، އެ ގްރޫޕްގައި އޮތީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

އަލަށް ފުރަތަމަ ޑިވިޝަނުގައި އަދި ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޑި ސްޕޯޓްސް ކްލަބް ހިމެނެނީ، ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެކު ގްރޫޕް އޭގަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ބާކީ ހިމެނޭ ދެ ޓީމު ކަމަށްވާ، ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ މި ފަހަރު ޔޫތު މުބާރާތުގައި ނުކުޅެ އެވެ. މީގެ ތެރެއިން ވެލެންސިއާ ނުކުޅެނީ، އެ ކްލަބްގެ އިދާރީ މައްސަލައެއްގެ ސަބަބުން އެފްއޭއެމް އިން އެ ޓީމު ސަސްޕެންޑްކޮށްފައި އޮތުމުންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅެން ޝެޑިއުލުކޮށްފައިވަނީ، ހެނދުނާއި ހަވީރު އެވެ. އެ ގޮތުން، ހެނދުނުގެ މެޗުތައް 8:00 ޖަހާއިރު ފަށާއިރު، ހަވީރު ކުޅޭ މެޗުތައް ފަށާނީ، 16:00 ގަ އެވެ. އެ ގޮތުން، މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު، ނުވަ ވަނަ ދުވަހު ހެނދުނު، ޓީސީ ކުޅޭނީ، އޮޑި ސްޕޯޓްސް ކްލަބާ އެވެ.

މުބާރާތުގެ މެޗުތައް ހެނދުނު ކުޅެން ޖެހޭތީ، ގިނަ ޓީމުތަަކަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މީގެ ކުރިން، އިންޓަ ސްކޫލް ފިޔަވައި، އެއްވެސް ޔޫތު މުބާރާތެއް ހެނދުނު ކުޅެފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox