ގަދަބާރުން އޮލިމްޕިކްސް އަށް ދާން ގްރީޒްމަން ބޭނުމެއް ނޫން

Jun 2, 2024, 12:53 PM
ގަދަބާރުން އޮލިމްޕިކްސް އަށް ދާން ގްރީޒްމަން ބޭނުމެއް ނޫން

ޕެރިސް (ޖޫން 2) - އަންނަ މަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ފްރާންސް ޓީމަށް ކުޅެން ބޭނުންވިޔަސް ގަދަބާރުން އެކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މަޝްހޫރު ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓަކީ، 23 އަހަރުން ދަށަށް ހާއްސަ މުބާރާތެއް ނަމަވެސް، ސީނިއާ ތިން ކުޅުންތެރިންނަށް ލިބޭ ޖާގައިގެ ތެރެއިން، މަޝްހޫރު ކުޅުންތެރިން އަންނަނީ އެ މުބާރާތުގައި ކުޅެމުންނެވެ.

ފްރާންސްގައި މި ފަހަރުގެ އޮލިމްޕިކްސް އޮތުމުން، މަޝްހޫރު ކުޅުންތެރިން އަންނަނީ އޮލިމްޕިކްސްގައި ކުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

Advertisement

"އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ އޮލިމްޕިކްސްގައި ކުޅެން. އެއީ ހުވަފެނެއް، އެކަމަކު، މީގެ ގޮތެއް ނިންމާނީ ކްލަބުން. އަހަންނަށް މި ވަގުތު ފެންނަން އޮތް ގޮތުން، ކްލަބަކުން އެ ގޮތަށް ބޭނުމެއް ނުވޭ،" ފްރާންސާ އެކު މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ގްރީޒްމަން ބުންޏެވެ.

އޮލިމްޕިކްސް އަކީ، ސީނިއާ ފުޓްބޯޅަ އިވެންޓަކަށްނުވާއިރު، ގައުމީ ޓީމަށް ކުޅުންތެރިން ވީއްލަން ޖެހޭ، އުސޫލުން ކްލަބްތަކުން، އޮލިމްޕިކްސް އަށް ކުޅުންތެރިން ދޫކުރަން ލާޒިމެއް ނުކުރެ އެވެ. އެހެންކަމުން، އޮލިމްޕިކްސްގައި ކުޅޭ ކުޅުންތެރިން، ކްލަބުން ދޫކުރުން އޮންނަނީ އެ ކްލަބެއްގެ މެނޭޖްމަންޓްގެ އިހުތިޔާރީ ކަމަކަށްވެފަ އެވެ.

"ގަދަ ހަދައިގެން އަހަރެން އޮލިމްޕިކްސް އަށް ދާން ނުވިސްނަން، ކްލަބުން ގޮތެއް ނިންމީމަ އިހުތިރާމްކުރާނަން. އަހަރެން އެދެނީ ޔޫރަޕްގައި އަހަރެންގެ އެންމެ ފަހު ކްލަބަކީ، އެތުލެޓިކޯ އަށް ވާން،" ގްރީޒްމަން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox