އިޒްރޭލުގެ ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަށް ދާން ގައުމުތަކުން ގޮވާލަނީ

ފަލަސްތީނު ހަނގުރާމައިގައި އާއިލާއެއް ހާލުގައި ޖެހިފައި: ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް ހަމާސްއާއި އިޒްރޭލަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: ޕީބީއެސް

ފަލަސްތީނު ހަނގުރާމައިގައި އާއިލާއެއް ހާލުގައި ޖެހިފައި: ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް ހަމާސްއާއި އިޒްރޭލަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: ޕީބީއެސް

އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ހުށަހެޅި އެއްބަސްވުން އިޒްރޭލާއި ހަމާސްއިން ގަބޫލުކުރަން ގަތަރު، މިސްރު އަދި އެމެރިކާއިން ވެސް ގޮވާލައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލާއި ހަމާސްއަށް ހުށަހަޅާފައިވާ އެއްބަސްވުމުގައި ހަނގުރާމަ ހުއްޓާލަން ޖުމްލަ ތިން ފޭސްއެއް ވަނީ ހިމަނާފަ އެވެ.

އޭގެ ތެރޭގައި، ފުރަތަމަ ފޭސްގައި ހަނގުރާމަ އެއްކޮށް ހަ ހަފްތާއަށް ހުއްޓާލައި، ގާޒާގެ ގިނަ މީހުން ތިބޭ ސަރަހައްދުތަކުން އިޒްރޭލުގެ ސިފައިން ފޭބުން ހިމެނެ އެވެ. އަދި ގާޒާގައި ތިބި އިޒްރޭލުގެ މީހުންނާއި އިޒްރޭލުގައި ތިބި ފަލަސްތީނު މީހުން ބަދަލު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން މި ފޭސްގައި ފަލަސްތީނުގެ ރައްޔިތުންނަށް ގާޒާގެ ހުރިހާ ސަރަހައްދުތަކަށް ދިޔުމަށް ފުރުސަތުދީ، ދުވާލަކު އެހީގެ 600 ލޮރީ ގާޒާއަށް ވަނުމަށް ފުރުސަތު ދޭނެ އެވެ.

ދެވަނަ ފޭސްގައި ދެ ގައުމުގައި ވެސް ހިފަހައްޓާފައި ތިބި ރައްޔިތުން ބަދަލު ކުރުމަށް އެއްބަސްވުމަކަށް ދާން ޖެހެ އެވެ. އަދި އިޒްރޭލުގެ ހުރިހާ ސިފައިން ގަޒާއިން ފައިބަން މި ފޭސްގައި ޖެހެ އެވެ.

ތިން ވަނަ ފޭސްގައި އަރަބި ގައުމުތަކާއި ދުނިޔޭގެ އެކި ގައުމުތަކުގެ އެހީއާއެކު ގާޒާ އަލުން އާރާސްތުކުރަން ފަށާފައިރު، ދެ ގައުމުގައި ވެސް މަރުވެފައި ތިބި މީހުން އަނބުރާ ގައުމަށް ފޮނުވާނެ އެވެ.

މި އެއްބަސްވުމުގެ ވާހަކަ ބައިޑެން މީގެ ދެ ދުވަސް ކުރިން ވިދާޅުވެފައިވާއިރު، ހަމާސްއިން ބުނީ މިހާތަނަށް އެ އެއްބަސްވުން ލިޔުމުން ލިބިފައި ނުވާ ކަމަށެވެ.

އެއްބަސްވުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އިޒްރޭލުގެ ކެބިނެޓުން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަލަސްތީނަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،1379 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox