ހުލާސާކޮށް އިއްޔެ: ރަސްމާލޭގެ ފުރަތަމަ ޕްލޭން ފެއިލްވުން!

ރަސްމާލޭގެ ކުރެހުމެއް

ރަސްމާލޭގެ ކުރެހުމެއް

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި މިދިޔަ ޑިސެމްބަރު 18، ގައި ފެށި ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓު ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅި ތާރީހަށް އެ މަޝްރޫއު ނުނިންމޭނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެތަން ހިއްކުމުގެ މަސައްކަތް ނިންމައިލެވޭން އެހެން ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވި އެވެ.

ކޮންމެ މަހަކު އެއްފަހަރު އިންފްރަސްޓްރަކްޗާ މިނިސްޓަރީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުންތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ހުއްޓިފައި އޮތީ އެ މަޝްރޫއު ހަވާލު ކުރި ސީއެމްސީސީ ކުންފުނިން އެ މަޝްރޫއު ކުރިއަށް ގެންދަން ޕްރޮޕޯޒް ކުރި ގޮތަށް އެތަނުގެ މަސައްކަތްތައް ކުރިއަށް ނުގެންދާތީ ކަމަށެވެ.

"އެ ބޭފުޅުންނަށް އެ ބޭފުޅުން ޕްރޮޕޯސް ކުރި ގޮތަށް ފައިނޭންސް ރެއިޒް ނުކުރެވިގެން މަޝްރޫއު ކުރިއަށް ނުގެންދެވިފައި އޮތީ،" މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ދެކުނުން 10 ކިލޯމީޓަރު ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު 18، 2023 ގަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ރައީސް މުއިއްޒު ނިންމެވީ އެ މަޝްރޫއު ހިންގުމަށް ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ މަޖިލީހުން އުނިކޮށްފައި އޮއްވައި އެކަމަށް ޗެލެންޖު ކުރުމަށްފަހު އެވެ. އެ މަޝްރޫއު ފެށީ ހާމަކަމެއް ނެތި ކުއްލިއަކަށެވެ. އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އެކަމާ މެދު އޭރު ކަންބޮޑުވުން ފާޅުކުރި އެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށީ އެތަން ހިއްކާ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ލިބޭ ގޮތަށެވެ.

ނަމަވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް އަށް މަސްދުވަހުގެ ތެރޭގައި ނިންމައިލާނެ ކަމަށް ސީދާ ރައީސް މުއިއްޒު ވިދާޅުވެ ފެށްޓެވި މަޝްރޫއު ކުރިއަށް ދިޔައީ ކުޑަ ކުވަސްކޮޅެއް ވަންދެނެވެ. ފެބްރުއަރީ މަހުން ފެށިގެން ފުށިދިއްގަރު ފަޅު ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަން "އަދަދު" އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީސީ ކުންފުންޏާ ސަރުކާރުން އޭރު ހަވާލު ކުރީ އެ ކުންފުނިން އެ މަސައްކަތް ކުރަން ހުށަހެޅި ޕްރޮޕޯޒަލްއަށް ބެލުމަށްފަހުގައި ކަމަށެވެ.

"އެހެންވީމާ އޭރުގައި އެ ބޭފުޅުން ހުށަހަޅާފައި އޮތް ގޮތަށް މަސައްކަތް ފަށަން، އެ ބޭފުޅުންގެ ގުޅިފައި އޮތް ބޮސްކާލިސް މިކޮޅުގައި އޮތް، ބޮސްކާލިސްގެ ދެ ޑުރެޖަރު އޮތް އޭރުގައި އެހެންވީމާ އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ އޭރު ސީދާ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް، އެގޮތަށް އެ ބޭފުޅުން ހުށަހެޅީ ވެސް، އެހެންނަމަވެސް އެގޮތަށް އެ ބޭފުޅުން މަސައްކަތް ކުރިއަށް ނުގެންދިޔައީމާ މިހާރު ސަރުކާރުން އެހެން ގޮތްތަކެއް ހޯދަނީ،" މުއްތަލިބު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލައި ފުށިދިއްގަރު ފަޅު ހިއްކޭނެ އެހެން ގޮތެއް އޮތްތޯ ސަރުކާރުން މިހާރު ބަލަމުންދާކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރަމުންދަނީ ދެން ވެސް އެންމެ އަވަހަށް އެތަނުގެ މަސައްކަތް ނިންމައިލެވޭނެ ގޮތެއް ހޯދުމުގެ ވިސްނުން ބަހައްޓައިގެން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކައި އެތަނުގައި މީހުން އާބާދުވުމުގެ ކުރިން ކުރަންޖެހޭ، މަގުހެދުމާއި ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ވެސް އެތަން ހިއްކާ ނިމުނުހައި އަވަަކަށް ފަށާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ފުށިދިއްގަރު ފަޅު ހިއްކައި ނިންމޭނެ ތާރީހެއް ކަމަށް އަންދާޒާ ކުރަނީ މިއަހަރުގެ ނިޔަލަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އޭރުގައި ވިދާޅުވީ އޭރުގައި މަސައްކަތް ފަށާތާ އަށްމަސްދުވަސް ތެރޭގައި ނިންމާނެ ކަމަށް އެހެންނަމަވެސް ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެންނަކަށް މިހާރު ފަށައިގެންނެއް އަށް މަސްދުވަހުގެ ތެރޭގައެއް ނުއެއް ނިންމޭނެ، އެހެންނަމަވެސް މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިއަހަރު ނިމެންވާއިރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އަޅުގަނޑުމެންނަށް ހައުސިންއާ އެކަންތައްތައް ފެށުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފެށިގެން ދާނޭ، އެތަނުގެ މަގު ހެދުމާއި ފެނާއި ކަރަންޓާއި، ނަރުދަމާގެ މަސައްކަތް ވެސް ފެށިގެންދާނެ [ކަމަށް]،" މުއްތަލިބު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox