ރައީސް މުއިއްޒުގެ މައިގަނޑު އެއްވެސް ވައުދެއް ނުފުއްދޭނެ: އުމަރު

އުމަރު ނަސީރު: ރައީސް މުއިއްޒުގެ މައިގަނޑު އެއްވެސް ވައުދެއް ނުފުއްދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

އުމަރު ނަސީރު: ރައީސް މުއިއްޒުގެ މައިގަނޑު އެއްވެސް ވައުދެއް ނުފުއްދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު އެއްވެސް ވައުދެއް ނުފުއްދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"އަދަދު" ގެ "އެތެރެފުށް" ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ރައީސް މުއިއްޒުގެ ގެދޮރުވެރިކަމުގެ ވައުދު ނުފުއްދޭނެކަން ޔަގީނާ ގާތަށް ބުނަން އެނގޭ ކަމަށާއި، ރަސްމާލެއާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކަކީ ފައިސާ ނެތް ދަނޑިވަޅެއްގައި ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

ރާއްޖެއަށް 2008 ގައި ސިޔާސީ ޕާޓީތައް އައި ފަހުން ހުރިހާ ވެރިކަމެއްގައި ވެސް މީހުންގެ ވޯޓުތައް ހޯދުމަށް ހިންގަން ނުޖެހޭ ބައިވަރު މަޝްރޫއުތަކާއެކު ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރާފައި ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ރައީސް މުއިއްޒުގެ މައިގަނޑު އެއްވެސް ވައުދެއް ފުރިހަމަވާނެކަމަކަށެއް. މިސާލަކަސް ހައުސިން. ގެދޮރުގެ ވައުދު އަޅުގަނޑު ޔަގީނާ ގާތަށް މިދަންނަވަނީ އެކަމެއް ނުވާނެއޭ. ރަސްމާލެ ހިއްކާ ސިޓީއަކަށް ބަދަލުކުރުން ނޮންސެންސް ހަމަ. ނުވާނެ. އެ ދޭތެރޭގައި ޓަނަލްއެއް އެޅުން އިމްޕޮސިބަލް. ނުވާނެ އެކަންތަކެއް. ސަބަބަކީ ފައިސާ ނެތުން،" އުމަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުއާ ކުރިމަތިވެފައި ވަނީ މާލީގޮތުން ވަރަށް ބޮޑު ޗެލެންޖެއްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ހަމައެކަނި އޮތް ގޮތަކީ ދަރަނި ނެގުން ކަމަށެވެ.

ނަމަވެސް އުމަރު ވިދާޅުވީ ދަރަނި ނެގުމަށް ބަލާއިރު ސަރުކާރަށް ބޮޑެތި ޕްރޮޖެކްޓުތަކަށް ބޮޑެތި އަދަދުތަކުން ދޭން ޗައިނާއިން ބޭނުން ނުވާ ކަމަށާއި، އެއީ ޗައިނާއަށް ލަންކާއަށް ވީ ގޮތް ވެސް އެނގޭތީ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސަރުކާރު ކުޑަކޮށް، ހަރަދު ކުޑަކޮށް، އިސްރާފު ޕްރޮޖެކްޓުތައް ހިންގުން ހުއްޓާލައި، ހިނގަ ހިނގާހުރި ޕްރޮޖެކްޓުތައް ވެސް ހުއްޓާލައި މަޑުޖައްސާ ފަސް އަހަރު ފަހަތަށް ޖައްސާލަންޖެހޭނެ އެއްވެސް ޝައްކެއް ނޯންނާނެ،" އުމަރު ބުންޏެވެ.

މީގެއިތުރުން ދަރަނީގެ އަނދަވަޅުން އަރައިގަންނަން ސިޔާސީ ބޭނުންތަކަށް އުފައްދާފައިވާ ފެނަކަ އާއި ވެމްކޯ ކަހަލަ ކުންފުނިތައް އުވާލަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox