އިސްރަށްވެހިން ހިމެނޭނެހެން ގައުމުގެ ކަންތައް ބައްޓަންވާން ޖެހޭ: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް; އިސްރަށްވެހިން ހިމެނޭނެހެން ގައުމުގެ ކަންތައްތައް ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް; އިސްރަށްވެހިން ހިމެނޭނެހެން ގައުމުގެ ކަންތައްތައް ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވި

ދޮށީ އުމުރުގެ މީހުންގެ އާބާދީ އިތުރުވުމާ ދިމާލަށް މިސްރާބު ހިފާފައި ވާއިރު, އިސްރަށްވެހިން ޝާމިލުވާނެހެން ގައުމުގެ ކަންތައްތައް ބައްޓަންވާން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އޭޖްޑް ކެއާ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ޖަލްސާގައި ފައިސަލް ނަސީމް ވިދާޅުވީ, މިހާރު ޒުވާނުންގެ ގޮތުގައި ތިބި މީހުން އިސްރަށްވެހިންގެ ގޮތުގައި ބަދަލުވެގެންދާއިރު, އެ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

އެހެންކަމުން އެކަމާ މެދު ވިސްނާ, އިސްރަށްވެހިން ޝާމިލުވާހެން ގައުމުގެ ކަންތައްތައް ބައްޓަންވާން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ ދިވެހި ގައުމާއި, ގައުމު މިހާރު އޮތް ހިސާބަށް އައީ ކިހިނެތްކަން ވިސްނަން ޖެހޭ ކަމަށެވެ. އަދި އެއީ ހަމަ މޮޅުކަމުން ހާސިލު ކުރެވުނު ކަންތައްތަކެއް ނޫން ކަމަށާއި, އެއީ އެތައް ބައެއްގެ މަސައްކަތުން ހާސިލު ކުރެވުނު ކަންތައްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ވިސްނާލަންޖެހޭ, އަޅުގަނޑުމެންގެ ގައުމު, އަޅުގަނޑުމެންނަށް ދަސްވި އެއްޗެއް, އަޅުގަނޑުމެން ހިނގަން މިފެށި މަގު ހޯދައިގަތީ ކިހިނެތްތޯ؟ ހަމަ ހިތަށް އަޅުގަނޑުމެންގެ މޮޅުކަމުން, ހަމައެކަނި މޮޅުކަމުން ކަމެއް ކުރެވެނީތޯ, އެއްގޮތަކަށް ވެސް ނޫން. އެނގުނު އެއްޗެއް އެނގުނީ, ދަސްވި އެއްޗެއް ދަސްވީ, ކުރެވުނު މޮޅުކަމެއް ކުރެވުނީ ވަރަށް ގިނަ ބަޔަކު ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި ތަޖުރިބާތަކެއް ގާތުން ފެނިގެން, އެކަންތައްތައް ދަސްކުރީ," އޭނާ ވިދާޅުވި އެވެ.

ގައުމަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި ގިނަ ބަޔަކު ވަކިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެފަދަ މީހުން ކުރެއްވި ހިދުމަތްތައް ފޮތެއްގެ ސިފައިގައި ނަމަވެސް ޒުވާން ކުދިންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ. ގައުމީ ކަންތައްތައް ދިރުވަމުން ދާއިރު މިފަދަ ކަންކަމކީ ތައުލީމީ ނިޒާމުގެ ތެރެއިން ދިރުވަން ޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox