241 ކޮމިޓީގައި 13 މެންބަރުން، އެހެން ކޮންމެ ކޮމިޓީއެއްގައި 11 މެންބަރުން ހިމަނަން ފާސްކޮށްފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން - ފޮޓޯ: މަޖިލިސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް ފާރަވެރިވުމަށް ގާނޫނު އަސާސީން ބާރު ލިބިފައިވާ 241 ކޮމިޓީއަށް 13 މެންބަރުން އަދި މަޖިލީހުގެ އެހެން ދާއިމީ ކޮމިޓީތަކަށް 11 މެންބަރުން ކަނޑައަޅަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީއާ އެކު މިއަދު ފެށި 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ގޮތަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

ފަލާހުގެ ހުށަހެޅުއްވުން ފާސްކުރީ 88 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ ނަންތައް މިއަދު ފާސްކޮށްފައެއް ނުވެ އެވެ. ފަލާހު ހުށަހެޅުއްވީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޕާޓީތަކަށް ނަން ހުށަހަޅަން ފުރުސަތު ހުޅުވާލުމަށެވެ. މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ ފަލާހުގެ އެ ހުށަހެޅުއްވުމަށެވެ.

ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލްވާނެ ގޮތެއް ވެސް އަދި ފާހެއް ނުކުރެ އެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ޕީއެންސީއަށް އޮތުމުން ބެލެވޭ ގޮތުގައި އެ ނިސްބަތަށް ކޮމިޓީތަކުގެ މެޖޯރިޓީ ދޭނީ އެ ޕާޓީއަށެވެ. އެއީ ރާއްޖޭގެ ތާރީހަށް ބަލާއިރު، މަޖިލިސްތަކުގައި އާންމުކޮށް އަމަލުކުރާ ވެސް ގޮތެވެ.

އާ މަޖިލީހުން، 19 ވަނަ މަޖިލީހުން އަމަލު ކުރަމުން ދިޔަ ގަވާއިދަށް ގެންނަން ޖެހޭ ކަމަށް މެންބަރުންނަށް ފެންނަ އިސްލާހުތައް ގެންނަން ދެން، ކުރިން އޮތް ގަވާއިދަށް އަމަލު ކުރަން ވެސް ފާސްކޮށްފަ އެވެ.

މިހާރު އޮތް މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވަ އެވެ. އެމްޑީއޭގެ ދެ މެންބަރަކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ އެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް މި މަޖިލީހުގައި ވޯޓު ދެއްވާނެ މެންބަރުންގެ އަދަދު 79 އަށް އަރަ އެވެ. ރިޔާސަތު ނުހިމަނާ އެއީ 78 އެވެ. އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ނުވަ ދެ މެންބަރަކު މަޖިލީހުގައި ތިއްބަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox