ކުދިންތަކެއް ކަރަންޓުގައި ޖެހުނު ހާދިސާއަށް ފަހު، ފެނަކައިން މުޅި ރާއްޖޭގައި އިންސްޕެކްޝަނެއް ހަދަނީ

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު: ރަށްރަށުގައި ކަރަންޓު ލީކުވާތޯ ބަލަން ފެނަކައިން އިންސްޕެކްޝަނެއް ހަދާ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު: ރަށްރަށުގައި ކަރަންޓު ލީކުވާތޯ ބަލަން ފެނަކައިން އިންސްޕެކްޝަނެއް ހަދާ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރ. އުނގޫފާރުގައި ކަރަންޓު ލީކުވެ، ކުދިންތަކެއް ކަރަންޓުގައި ޖެހުނު ހާދިސާއާ ގުޅިގެން މުޅި ރާއްޖޭގައި އިންސްޕެކްޝަނެއް ހަަދަން ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ފަށައިފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ އުނގޫފާރުގައި ކުދިންތަކެއް ކަރަންޓު ޖެހުމުގެ ހާދިސާގައި، މަގުމަތީ އޮތް ފެންގަނޑަކަށް ކަރަންޓު ލީކްވީ، ކަރަންޓު ނަރެއް ހޮޅިދަނޑީގައި ޖެހިފައި ހުރުމުން ކަމަށެވެ.

އެފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ޓަކައި، ފެނަކައިން ހިދުމަތް ދެމުން އަންނަ ރަށްރަށުގައި ކުރިއަށްގެންދާ އިންސްޕެކްޝަންގައި ހޮޅިދަނޑިތަކުގައި ކަރަންޓުގެ މިފަދަ މައްސަލައެއް ހުރިތޯ ބަލައި، އާތު ލީކޭޖް ސާކިޓް ބްރޭކާ (އީއެލްސީބީ) ހަރުކޮށްފައި ހުރިތޯ ބަލާނެ ކަމަށެވެ.

"މަގުބައްތިތައް މި ބަލަހައްޓަނީ ކައުންސިލްތަކުން. މަގުބައްތިތައް އަޅުގަނޑުމެން ބަލާލިއިރު ވާގޮތަކީ ބައެއް މަގުބައްތިތަކުގައި އީއެލްސީބީ ހަރުނުކޮށް ހުރިކަން ވަނީ ފާހަގަވެފައި. އިންސްޕެކްޝަންގައި ޕަބްލިކް ތަންތަނުގައި މިގޮތަށް އީއެލްސީބީ ހަރުނުކޮށް ހުރިތޯ އަޅުގަނޑުމެން ބަލާނަން،" މުއާޒް ބުންޏެވެ.

މި ހަފްތާ ތެރޭގައި އިންސްޕެކްޝަން ނިމޭނެކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ ފާހަގަކުރެވޭ ތަންތަން ވަކި މުއްދަތެއްގައި ރަނގަޅު ކުރުމަށް ކައުންސިލްތަކަށް އަންގާނެ ކަމަށާއި، އެ މުއްދަތުގައި ކައުންސިލްތަކުން އެކަން ނުކޮށްފިނަމަ ކަރަންޓުގެ ހިދުމަތް އެތަނަކަށް މެދުކަނޑާލާނެ ކަމަށެވެ.

ފެނަކައިން ރާއްޖޭގެ 157 ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނައިރު، އެ ރަށްރަށުގައި ހުންނަ މަގުބައްތިތައް ބަލަހައްޓަމުން އަންނަނީ ކައުންސިލްތަކުންނެވެ.

އުނގޫފާރުގައި ހިނގި ހާދިސާގައި ކަރަންޓުގައި ދެ ކުދިންގެ އިތުރުން 18 އަހަރުގެ ޒުވާނެއް ވެސް ޖެހުނެވެ. އޭގެ ތެރެއިން ދެ ކުދިންނަށް ފަރުވާ ދިނުމށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ޒުވާނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox