ލިޔެކިޔުންތަކެއް ގެއްލިފައިވާތީ، ޖެންޑާ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު އެނގެން ނެތް ކަމަށް ބުނެފި

ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް : ލިޔެކިޔުންތަކެއް ގެއްލިފައިވާތީ ޖެންޑާ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު އިނގެން ނެތް ކަމަށް ބުނެފި - ފޮޓޯ: ރައީސް އޮފީސް

ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް : ލިޔެކިޔުންތަކެއް ގެއްލިފައިވާތީ ޖެންޑާ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު އިނގެން ނެތް ކަމަށް ބުނެފި - ފޮޓޯ: ރައީސް އޮފީސް

ލިޔެކިޔުންތަކެއް ގެއްލިފައިވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދު އެނގެން ނެތް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.

މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އާރުޓީއައިގައި އެދިފައިވާ މައުލޫމާތަކީ މިވަގުތު އެ ވުޒާރާގައި ލިބެންހުރި މައުލޫމާތެއް ނޫން ކަމަށެވެ.

"ވޭތުވެދިޔަ މުއްދަތުގައި މިނިސްޓްރީ ހިންގަމުން އައީ އެކިއެކި އިމާރާތްތަކަށް ބަދަލުވަމުންނެވެ. މި ގޮތަށް އެކިއެކި ތަންތަނަށް ބަދަލުކުރުމުގެ މަރުހަލާތަކުގައި ބަލަހައްޓަމުން އައި ބައެއް ލިޔެކިޔުންތައް ވަނީ ގެއްލިފަ އެވެ." ސިޔާސީ މުވައްޒަފުންގެ އަދަދު އެނގެން ނެތް ސަބަބު ތަފްސީލުކޮށްދެމުން ޖެންޑާ އިން ބުންޏެވެ.

މިނިސްޓްރީން ފޮނުވި ޖަވާބު
މިނިސްޓްރީން ފޮނުވި ޖަވާބު

މިނިސްޓްރީން ފޮނުވި ޖަވާބު

މިނިސްޓްރީގެ ޖަވާބުގައި މިހެން ބުނި ނަމަވެސް، މިނިސްޓަރުން ފެށިގެން ޑެޕިއުޓީ މިނިސްޓަރުންނާ ހަމައަށް އައްޔަންކޮށްފައިވާ ބައެއް ފަރާތްތައް ޖެންޑާ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން އެބަހުއްޓެވެ.

އެ މައުލޫމާތަށް ބަލާއިރު، މި ސަރުކާރުން ޖެންޑާ މިނިސްޓްރީއަށް ހަ ސްޓޭޓް މިނިސްޓަރުންނާއި ފަސް ޑެޕިއުޓީ މިނިސްޓަރުން އައްޔަންކޮށްފައިވެ އެވެ. އެއީ ކޮން ތާރީހަކާ ހަމައަށް އައްޔަންކުރި މުވައްޒަފުންނެއް ކަމެއް އިނގޭކަށް ނެތެވެ.

އަދަދުން ފޮނުވި އާރުޓީއައި ރިކުއެސްޓް
އަދަދުން ފޮނުވި އާރުޓީއައި ރިކުއެސްޓް

އަދަދުން ފޮނުވި އާރުޓީއައި ރިކުއެސްޓް

titledesc

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ރިކޯޑު އަދަދަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ވަކިވަކި މިނިސްޓްރީތަކުން އާރުޓީއައިއަށް ޖަވާބު ދެމުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރި ނަމަވެސް ހުރިހާ މިނިސްޓްރީތަކުން އެ މައުލޫމާތު ނުލިބޭތީ އެ އަދަދު ކަށަވަރު ކުރެވިފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox