ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތް ކުރި ޒުވާނާ ފަރުވާއަށް މާލެ ގެނެސްފި

ރ. އުނގޫފާރުގައި ދެ ކުދިންނާއި ޒުވާނަކު ކަރަންޓުގައި ޖެހުނު ސަރަހައްދު: ޒުވާނާ އިތުރު ފަރުވާއަށް މަލެ ވަނީ ގެނެސްފައި -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް

ރ. އުނގޫފާރުގައި ދެ ކުދިންނާއި ޒުވާނަކު ކަރަންޓުގައި ޖެހުނު ސަރަހައްދު: ޒުވާނާ އިތުރު ފަރުވާއަށް މަލެ ވަނީ ގެނެސްފައި -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް

ރ. އުނގޫފާރުގައި މަގުބައްތި ހޮޅި ދަނޑިއަކުން ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތްކުރި 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސްފި އެވެ.

އުނގޫފާރު ކައުންސިލް މެމްބަރު މުހައްމަދު މުނީޒް "އަދަދު" އާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ޒުވާނާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށާއި، އެ ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ.

"ކަރަންޓުގައި ޖެހުނު ޒުވާނާއަކީ އޯޓިސްޓިކް ކުއްޖެއް. އެ ކުއްޖާ ކަރަންޓުގައި ޖެހުނީ އެ ކުދިން ސަލާމަތްކުރަން އުޅެނިކޮށް. އިތުރު ފަރުވާއަށް މާލެ ގެންދިޔައީ އިއްޔެ ހަވީރުގެ ވަގުތެއްގައި،" މުނީޒް ވިދާޅުވި އެވެ.

ހާދިސާގައި ކަރަންޓުގައި ޖެހުނީ އެ ޒުވާނާގެ އިތުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި، އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. ނަމަވެސް އެ ދެ ކުދިންނަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

އުނގޫފާރުން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުނީ އެ ކުދިން ކަރަންޓުގައި ޖެހުނީ ކުޑަކުދިންގެ ޕާކު ކައިރީ ފެންގަނޑެއްގައި ކުޅެނިކޮށް އެތާހުރި މަގުބައްތިއަކުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox