އިންޑިއާގެ އާންމު އިންތިހާބު: ފޭސް ހައެއްގެ ވޯޓުލުން ފަށައިފި

އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުލުން: ފޭސް ހައެއްގެ ވޯޓުލުން ވަނީ ފަށާފައި -- ފޮޓޯ: ޕީޓީއައި

އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުލުން: ފޭސް ހައެއްގެ ވޯޓުލުން ވަނީ ފަށާފައި -- ފޮޓޯ: ޕީޓީއައި

އިންޑިއާގެ އާންމު އިންތިހާބުގެ ފޭސް ހައެއްގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ފޭސް ހައެއްގައި އިންޑިއާގެ އަށް ސްޓޭޓުގެ 49 ގޮނޑިއަށް މެމްބަރުން އިންތިހާބުކުރަން ވޯޓުލާނެ އެވެ.

މި ފޭސްގައި ވޯޓުލާ ސްޓޭޓުތަކުގެ ތެރޭގައި ހަރްޔާނާ، އޮޑިޝާ، އުއްތަރަޕްރަދޭޝް، ބިހާރު، ވެސްޓް ބެންގާލް، ދިއްލީކަ އަދި ކަޝްމީރު ހިމެނެ އެވެ.

ކަޝްމީރުގައި ވޯޓުލާން ކުރިން ހަމަޖެހިފައި އޮތީ ފޭސް ތިނެއްގަ އެވެ. ނަމަވެސް އެ ހިސާބުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލުން ފޭސް ހަޔަކަށް ބަދަލުކުރީ އެވެ.

އިންތިހާބުގެ ފުރަތަމަ ފޭސްގައި 102 ގޮނޑިއަށް ވޯޓުލާފައިވާއިރު، ދެވަނަ ފޭސްގައި 88 ގޮނޑިއަށް މެމްބަރުން އިންތިހާބުކުރަން ވަނީ ވޯޓުލާފަ އެވެ. އަދި ތިންވަނަ ފޭސްގައި 93 ގޮނޑިއަށް ވޯޓުލާފައިވާއިރު، ހަތަރުވަނަ ފޭސްގައި 96 ގޮނޑިއަށް މެމްބަރުން ވަނީ އިންތިހާބުކުރަން ވޯޓުލާފަ އެވެ.

ޖުމްލަ ހަތް ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންތިހާބުގެ ފޭސް ފަހެއްގައި 49 ގޮނޑިއަކަށް މެމްބަރުން އިންތިހާބުކުރަން ވޯޓުލާފައިވާއިރު، ފަހު ފޭސްގައި 57 ގޮނޑިއަކަށް މެމްބަރުން އިންތިހާބުކުރަން ވޯޓުލާނެ އެވެ.

އިންތިހާބުގައި 543 ގޮނޑިއަކަށް މެމްބަރުން އިންތިހާބުކުރާއިރު، 969 މިލިއަނެއްހާ މީހުންނަށް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފަ އެވެ.

އިންޑިއާގައި 2019 ގައި ބޭއްވި އާންމު އިންތިހާބުގައި 67 ޕަސަންޓު މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 615 މިލިއަން މީހުންގެ ވޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox