ހުލާސާކޮށް އިއްޔެ: ރާއްޖޭން ވޯޓު ނުދިން ސަބަބުން ހާމަކުރަން މައުމޫނު ގޮވައިލެއްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު. -- ފޮޓޯ: ރައީސް އޮފީސް

އެތައް ހާސް މުސްލިމުންނެއް މަރައިލި ބޮސްނިއާ ގަތުލުއާއްމުގެ ފާހަގަކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖޭން ވޯޓު ނުދިން ސަބަބުން ހާމަކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ސަރުކާރަށް ގޮވައިލެއްވި އެވެ.

ބޮސްނިއާ ގަތުލުއާއްމު ފާހަގަކުރަން ވޯޓުނުދިން ސަބަބު ހާމަކުރަން މައުމޫނު އެދިވަޑައިގެންނެވީ ދަރިކަލުން ފާރިސް މައުމޫން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދެއްގެ ގޮތުގަ އެވެ. އެމަނިކުފާނު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަރިހުގައި އެދިވަަޑައިގަތީ ވޯޓު ނުދިން ސަބަބު ސާފުކޮށްދެއްވުމަށެވެ.

ޖުލައި 11، 1995 ގައި ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 8،372 މުސްލިމުން މަރައިލި އެވެ. އެކަން ކުރީ 1992 ވަނަ އަހަރު ފެށި ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުންނެވެ. އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ މައުމޫނެވެ.

Advertisement

ފާރިސްގެ ޕޯސްޓުގައި އޭނާ ވަނީ އޭރު ދިވެހިން ބޮސްނިއާގެ މުސްލިމުންނަށް ކުރި ތާއީދާއި އެކަމުގައި ދިވެހިން ދެއްކި މިސާލު، އެ ހަނދާންތައް ހުންނާނެ އުމުރުގެ މީހުންގެ ހަނދާނުން ފިލައިނުދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ބޮސްނިއާ މުސްލިމުންގެ ގަތުލުއާންމު ފާހަގަކޮށް އެ ދުވަސް ހަނދާން ކުރުމަށް ހުށަހެޅި ގަރާރަށް ވޯޓަށް ހުޅުވާލުމުން، ވޯޓުގައި ބައިވެރިވި ނަމަވެސް ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އަދި ދިވެހި ސަރުކާރުގެ އެއްވެސް ފަރާތަކުން މިހާތަަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

މި ސަރުކާރުން އެންމެ ގާތް ހާރިޖީ ގުޅުމެއް ބާއްވާ ޗައިނާއިން ވޯޓު ދިނީ އެ ގަރާރު ފާސް ކުރުމާ ދެކޮޅަށެވެ. ރާއްޖެއެކޭ އެއްގޮތަށް އަވަށްޓެރި އިންޑިއާއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން ވޯޓު ދިނީ ގަރާރު ފާސް ކުރުމަށެވެ. އިޒްރޭލުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ.

ބޮސްނިއާގެ މުސްލިމުން މެރި ހާދިސާއަކީ ގަތުލުއާންމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އޮތީ ބަލައިގަނެފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox