ޖިރޫޑް، ފްރާންސުން ރިޓަޔާކުރަން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން

May 24, 2024, 9:09 AM
ޖިރޫޑް، ފްރާންސުން ރިޓަޔާކުރަން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން

ޕެރިސް (މެއި 24) - ފްރާންސް ގައުމީ ޓީމުގެ ފޯވާޑް، އޮލިވިއޭ ޖިރޫޑް، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، ފްރާންސް ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ޖިރޫޑް، މި ސީޒަނަށް ފަހު، އެމެރިކާ ލީގުގެ އެލްއޭ އެފްސީ އަށް ބަދަލުވާން ދާދި ފަހުން ވަނީ ނިންމައިފަ އެވެ. އެލްއޭ އެފްސީ އަކީ ފްރާންސްގެ ކުރީގެ ކީޕަރު، ހޫގޯ ލޮރިސް ވެސް ކުޅެމުން އަންނަ ކްލަބް އެވެ.

ފްރާންސްގެ ލެކިއުޕޭ އަށް ދިން އިންޓަވިއުއެއްގައި ޖިރޫޑް ބުނީ، ހަގީގަތަށް ބުނާނަމަ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ގައުމީ ޓީމުން އޭނާ ފެންނާނެ ފަހު މުބާރާތް ކަމަށެެވެ.

"ދެން އަހަންނެއް ގައުމީ ޓީމު މުބާރާތަކުން ނުފެންނާނެ. މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ވަގުުތު،" ޖިރޫޑް ބުންޏެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭކަން އިހުސާސް ކުރެވޭ އެންމެ ބޮޑު ސަބަބަކީ އުމުރުން ދުވަސްވާއިރަށް، ފިޒިކަލީ އެންމެ ރަނގަޅަށް ހުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ދެކިގެން ކަމަށް ޖިރޫޑް ވަނީ ބުނެފަ އެވެ. އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު، ރަފައެލް ވަރާން، ފްރާންސަށް ކުޅުން ހުއްޓާލީ އަނިޔާގެ މައްސަލަ އާއި ފިޓްނަސްގެ ކަންކަމަށް ބަލާފައި ކަމަށް ހާމަކުރި އެވެ. ޖިރޫޑް ވަނީ ވަރާންގެ އެ ވިސްނުން ރަނގަޅު ކަމަށް ބުނެފަ އެވެ.

ޖިރޫޑް، އެންމެ ފުރަތަމަ ފްރާންސަށް މެޗެއް ކުޅުނީ 2011 ވަނަ އަހަރު އެވެ. ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ ޖިރޫޑް އަތުގަ އެވެ. ފްރާންސަށް ކުޅެދިން 131 މެޗުން ޖިރޫޑް ވަނީ 57 ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox