އުނގޫފާރުގައި މަގުބައްތިއަކުން ކަރަންޓު ޖެހި، ދެ ކުއްޖަކާއި މީހަކަށް ފަރުވާ ދެނީ

ރ. އުނގޫފާރު: ކަރަންޓުގައި ދެ ކުދިންނާއި މީހަކު ޖެހުން -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް

ރ. އުނގޫފާރު: ކަރަންޓުގައި ދެ ކުދިންނާއި މީހަކު ޖެހުން -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް

ރ. އުނގޫފާރުގައި މަގުބައްތި ހޮޅި ދަނޑިއަކުން ދެ ކުޑަކުދިންނާއި މީހަކަށް ކަރަންޓު ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އުނގޫފާރު ކައުންސިލް މެމްބަރު މުހައްމަދު މުނީޒް "އަދަދު" އާ ވާހަކަދަމުން ވިދާޅުވީ ކަރަންޓުގައި ޖެހުނީ 18 އަހަރުގެ ފިރިހެނަކާއި، 12 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން އަށް އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ކަރަންޓުގައި ޖެހުނު ދެ މީހުންގެ ހާލު ރަނގަޅު ކަމަށާއި، ނަމަވެސް 18 އަހަރުގެ މީހާގެ ހާލު ސީރިއަސްކަމުން ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޭނާ ބުންޏެވެ.

"18 އަހަރުގެ މީހާގެ ހާލު ސީރިއަސް. އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ޖެހޭ ކަމަށް ބެލެވޭ،" މުހައްމަދު މުނީޒް ބުންޏެވެ.

އުނގޫފާރުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ކުދިން ކަރަންޓުގައި ޖެހުނީ ކުޑަކުދިންގެ ޕާކު ކައިރީ ފެންގަނޑެއްގައި ކުޅެނިކޮށް އެތާހުރި މަގުބައްތިއަކުން ކަމަށެވެ.

އޭނާ އިތުރަށް ބުނީ 18 އަހަރުގެ މީހާ ކަރަންޓުގައި ޖެހުނީ ދެ ކުދިން ކަރަންޓުގައި ޖެހިފައި ތިއްބާ ސަލާމަތް ކުރަން މަސައްކަތް ކުރަނިކޮށް ކަމަށެވެ. ނަމަވެސް ފުލުހުން ބުނަނީ އެ މީހާއަކީ އެ ކުދިން ކަރަންޓުގައި ޖެހުނު ތަން ފެނިގެން ހޭނެތުނު މީހެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox