ފަހަރެއްގައި މިއީ ކޯޗިން ކެރިއަރުގެ ނިމުން: ކްލޮޕް

May 21, 2024, 6:25 AM
ފަހަރެއްގައި މިއީ ކޯޗިން ކެރިއަރުގެ ނިމުން: ކްލޮޕް

ލިވަޕޫލް (މެއި 21) - ލިވަޕޫލަކީ ކޯޗިން ކެރިއަރުގައި ކުރެވުނު ފަހު މަސައްކަތަށް ވެދާނެ ކަމަށް މި ސީޒަނަށްފަހު އެ ޓީމުގެ ކޯޗުކަމުން ވަކިވި ޖަރުމަންގެ ޔާގަން ކްލޮޕް ބުނެފި އެވެ.

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފަހު މެޗުގައި އާދިއްތަ ދުވަހުގެ ރޭ ވުލްވްސް އަތުން އަމިއްލަ ދަނޑުގައި މޮޅުވިއިރު، މިއީ ކްލޮޕްގެ ވަދާއީ މެޗެވެ. މިއީ ލިވަޕޫލްގެ ކޯޗެއްގެ ގޮތުގައި ކްލޮޕް ހުރި 491 ވަނަ މެޗެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވެ، ކްލޮޕް ވަނީ ޔޫރަޕްގެ ގަދަ ޓީމަކަށް އެ ޓީމުން އަލުން ހަދައިފަ އެވެ. ލިވަޕޫލް 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2020 ވަނަ އަހަރު ހޯދީ ކްލޮޕްގެ އިރުޝާދުގެ ދަށުންނެވެ. އަދި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރިއެވެ. މި ސީޒަންގައި ލިވަޕޫލް ލީގު ކަޕް ކާމިޔާބުކުރިއެވެ.

ލިވަޕޫލްގެ ކޯޗުކަމުގައި ކުޅުނު ފަހު މެޗަށްފަހު ކްލޮޕް، 56، ބުނީ ލިވަޕޫލްގެ ކޯޗުކަމުގަިއ ހޭދަކުރި އަހަރުތަކަށްފަހު މިހާރު އޭނާ ހުރީ "ހުސްވެފައި" ކަމަށެވެ. އަދި ފަހަރެއްގައި މިއީ ކޯޗިން ކެރިއަރުގައި ކުރެވުނު ފަހު މަސައްކަތް ތަކަށް ވެސް ވެދާނެ ކަމަށެެވެ.

"އަހަރެން މީހުން ކައިރީގައި އެބަ ބުނަން ފަހަރެއްގައި މިއީ އަހަރެންގެ ކޯޗިން ކެރިއަރުގެ ފަހު މަސައްކަތޭ. އެކަމަކު ގިނަ މީހުން އެ ވާހަކަ ގަބޫލެއްނުކުރޭ. އެކަމަކު އަހަންނަށް އެނގޭ އެއީ ކީއްވެކަން. ބައެއް ކޯޗުން އެބަ މަސައްކަތްކުރޭ އުމުރުން 70 އަހަރުގައިވެސް،" ކްލޮޕް ބުންޏެވެ.

"އަަހަރެން ދެން އެހެން ކްލަބަކާ ހަވާލުވާނީ އެ ހަކަތަ އެނބުރި އައީމަ. އެކަމަކު, އަހަންނަށް އަބަދު ވެސް އެނގޭ އަހަރެން އެހާ ދުވަހު މިކަން ނުކުރާނެކަން."

ކްލޮޕް ބުނީ ކޯޗިން ކެރިއަރާމެދު މި ވަގުތު ނުވިސްނާ އޭނާ ބޭނުންވަނީ އަރާމުކުރަން ކަމަށެވެ. އަދި ފަހަރެއްގައި މީގެ "އަހަރެއްހާ ދުވަސް ފަހުން" އެކަމާމެދު ވިސްނަފާނެ ކަމަށެވެ.

"އަހަރެން ދެން މި ފަށަނީ އަރާމުކުރަން. މި ވަގުތު ބޭނުމެއް ނޫން (ކްލަބަކާ ހަވާލުވުމާމެދު) ވިސްނާކަށް،" ކްލޮޮޕް ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލްގެ ކޯޗުކަމުން ވަކިވިޔަސް އޭނާ ދެމިހުންނާނީ އެ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށާއި ސަޕޯޓަރެއްގެ ގޮތުގައި ލިވަޕޫލްގެ ދަނޑަށް އެނބުރި އަންނާނެ ކަމަށެވެ.

ކްލޮޕްގެ ބަދަލުގައި ލިވަޕޫލްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ނެދަލޭންޑްސްގެ އާނޭ ސްލޮޓް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox